ފެކަލްޓީ އޮފް ހެލްތް ސައިންސެސް ގެ ގޮފި ކަމުގައިވާ ހީލާރސް ބައްދަލުވުން ބާއްވާފައިވަނީ މިއަދު (24-04-2019) ހެނދުނު 9 ޖެހިއިރު ހީލާރސްގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ހިންގާކޮމެޓީގެ ހުރިހާ ދަރިވަރުންވަނީ ބައިވެރިވެފައެވެ.
ހިންގާ ކޮމެޓީގެ ރައީސް ވަނީ އެމަގާމަކާއި ހަވާލުވެގެން ހުރި ކޮންމެ ދަރިވަރަކުވެސް އެމަގާމެއްގެ މަސްއޫލިއްޔަތު އަދާކުރުމަށް ނަސޭހަތްތެރި ވެފައެވެ. އަދި މީގެ އިތުރުން މިއަހަރު ކުރައަށްރާވާފައި ހުރި ހަރަކާތްތަކަށް ފަންޑްރައިސް ކުރުމަށް ކުރެވިދާނެ ކަންކަންވަނީ މަޝްވަރާކުރެވިފައެވެ. އަދި އެހެން ގޮފިތަކާއި ގުޅިގެން ހިންގިދާނެ ހަރަކާތްތަކުގެ ހިޔާލުވަނީ އެކި މެމްބަރުން ހިއްސާކޮއްފައެވެ.
ގާތްގަނޑަކަށް އެއްގަޑިއިރަށް ދެމިގެންދިޔަމި ބައްދަލުވުމުގައި ދެންއެންމެ އަވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ހަރަކާތްކަމުގައިވާ ”ހީލާރސްގެ ބޮޑު މާހެފުން“ އާ ބެހޭގޮތުން ކްލާސް ތަކުގެ މޮނިޓަރުންނާއި ބައްދަލުކުރުމަށް މާދަމާ ވަނީ ހަމަޖައްސާފައެވެ.ހީލާރސްގެ މިއަހަރުގެ އަމާޒަކީ މިދަޔައަހަރު ގެއްލުނު އެންމެ ހިންގުތެރި ގޮފީގެ ލަގަބު އަނބުރާގެނައުމަށެވެ.