12 މެއި 2018 ވީ ހޮނިހިރު ދުވަހުގެ ހަވީރު އެމް.އެން.ޔޫ ލ.ގަން ކެމްޕަސް ގެ ނާރސިން ސްކޫލް 5ވަނަ ބެޗުގެ ދަރިވަރުން ނަރުހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން “ އީވްނިންގް ޕާޓީ“އެއް ބާއްވައިފިއެވެ. މި ހަރަކާތުގައި އަހުރައިގެ ފަރާތުންވަނީ ނައިބު ރައީސް އަދި ޔަންްގް ލީޑާރސް ގުރޫޕްގެ ބައެއް ލީޑަރުން ބައިވެރިވެ ދުވަހަށް ތައްޔާރުވުމުގެ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.


ނާރސިން ސުކޫލް 5ވަނަ ބެޗުގެ ކުދިން ކުރިޔަށް ގެންދިޔަ ކާމިޔާބު މި ހަވީރުގައި އެމް.އެން.ޔޫ ލ.ގަން ކެމްޕަސްގެ ބައެއް ލެކްޗަރާސް އިންވެސްވަނީ ބައިވެރި ވެފައެވެ. ގިނަ ހަރަކާތް ތަކަކާއި އެކު ކުރިޔަށް ގެންދިޔަ މި ހަވީރުގައި ބައިވެރިންނަށް ފޮޓޯނެގޭނެ ގޮތަށް ވަކި ތަނެއް ހެދިފައިވާއިރު ހަވީރުގެ ސައިވެސް ތައްޔާރު ކުރެވިފައި ހުއްޓެވެ.