އަހުރަ އަދި މެނޭޖުމަންޓް ގުޅިގެން ލ.އަތޮޅު ހުރިހާ ރައްތަކެއްގައި ކޯސް ޕްރޮމޯޝަން ޕުރޮގުރާމެއް ކުރިޔައް ގެންގޮސްފިއެވެ. މެއި މަހުގެ 12 އަދި 13 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ އެމް.އެެން.ޔޫ ލ.ގަން ކެމްޕަސް ގަ ކުރިޔަށް ގެންދިއުމަށް ހުޅުވާލެވިފައިވާ ކޯސްތަކުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.


މި ހަރަކާތް ކުރިޔައް ގެންދިއުމަށްޓަކައި ކެމްޕަސް މެނޭޖުމަންޓުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަބްދުލް ރަޝީދު އަދި އިބްރާހިމް ރަމީޒް ބައިވެރިވެ ވަޑައިގެންނެވިއެވެ. ހަމައެއާއިއެކު ލެކްޗަރާއިންގެ ތެރެއިން ހުސެއިން ޝަރީފް، އާސިފް އަބްދުﷲ، އަބްދުލް ފައްތާހް އަދި އަހުރައިގެ މެންބަރުންގެ ތެރެއިން ނައިބު ރައީސް (އެކްޓިވިޓީ) އިބްރާހިމް ރަޝީދު، މީޑިއާ ކޯޑިނޭޓަރ ހުސައިން މުއާޒް، ހަޒާންދާރު އަހުމަދު އާލިމް ބައިވެރިވެ ވަޑައިގަތެވެ. އަދި ކުރީގެ އަހުރައިގެ ނައިބު ރައީސް (އެކަޑަމިކް) އަބްދުލް ރައޫފް ވެސް ބައިވެރިވެ ވަޑައިގަތެވެ.


ދެ ޓީމް އަކަށް ބަހާލައިގެނެ ކުރިޔަށް ގެންދިޔަ މި ހަރަކާތުގައި ޓީމް ބީ ވަނީ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ އަދި މުންޑޫ އަށް ޒިޔާރަތް ކޮށްފައެވެ. ތީމް އޭ ވަނީ މާވަށް، ކުނަހަންދޫ، ހިތަދޫ އަދި މާމެންދޫ އަށް ޒިޔާރަތް ކޮށްފައެވެ. މި ހުރިހާ ރައްތަކެއްގެ ސުކޫލުގެ ދަރިވަރުންނާއި ބައްދަލު ކުރެވުނުއިރު މި ދަރިވަރުންގެ ހިޔާލާއި ހުރި އުނދަގޫ ތައްވެސްވަނީ ހޯދާފައެވެ. އަދި ކަންތައްތައް ހައްލުކުރުމުގެ މަސައްކަތްތައްވެސް ވަނީ ފަށާފައެވެ. މީގެ އިތުރުން މި ރައްތަކުގެ މުއައްސަސާތަކާ ބައްދަލު ކުރެވުނުއިރު މިހަރަކާތުގެ މެންބަރުން ވަނީ ރަށުތެރޭގައިވެސް މި ހަރަކާތް ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ރަށުތެރެއިން ދިމާވާ ބޭފުޅުންނާއިވެސް ވަނީ މައުލޫމާތު ހިއްސާ ކޮށްފައެވެ.


ލ.ގަން ކެމްޕަސްގެ ކުރީގެ އަދި މިހާރުގެ ދަރިވަރުންގެ ވަރަށް ބޮޑު އެއްބާރުލުމެއްވަނީ މި ހަރަކާތަށް ދެއްވާފައެވެ. އަދި ރަށްތަކުގެ މުއައްސަސާތަކުން ލިބުނު އެއްބާރުލުން އުފަލާއިއެކު ފާހަގަ ކޮށްލަމެވެ.