ޝެޓްސް ފުޓްސަލް ޓޯނަމެންޓް މިރޭ ފަށައިފިއެވެ. މި މުބާރާތަކީ ޝެޓްސް އިން އިންތިޒާމު ކޮށްގެން އެފް އެޗް ޓީ އެސްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.
މިރޭގައި ކުޅެވުނު މެޗުތަށް ޝަރަފްވެރި ކޮށްދީފައިވަނީ ޝެޓްސްގެ ކުރީގެ ވައިސް ޕްރެޒިޑެންޓް (އަމަލީ) ހައިޝަމް އެވެ. މެޗް ފެއްޓީ 21:00 ގައެވެ. މި މެޗުގައި ވާދަކޮށްފައި ވަނީ ސުމެއް ކަލޯ އެފްސީ އަދި ވިޖިލާންޓިސް އެފް ސީ އެވެ. ސުމެއް ކަލޯ އެފް ސީއާ ވާދަކޮށް 1-0ގެ ނަތީޖާ އަކުން މި މެޗު ކާމިޔާބުކޮށްފައި ވަނީ ވިޖިލާންޓިސް އެފް ސީއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސުމެއް ކަލޯ އެފް ސީގެ ޖާރޒީ ނަމްބަރު 21، އަލީ އިޔާޒެވެ.
ދެވަނަ މެޗުގައި ޝަކަލަކަ ބޫމްބޫމް އާއި ޓީމް ޓޫ އިން ވަން ވާދަކުރި އިރު،4-1ގެ ނަތީޖާއިން މޮޅުވެފައި ވަނީ، ޓޫ އިން ވަން އެވެ.މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ، ޓީމް ޓޫ އިން ވަންގެ ޖާރޒީ ނަމްބަރު 8 މޫސާ އަސްލަމްއެވެ.
މުބާރާތުގައި ދެން މެޗްތަށް ކުޅެން ހަމަޖެހިފައިވަނީ ހުކުރު ދުވަހު ހަވީރު 16:00 ގައެވެ. ފުރަތަމަ މެޗުގައި ވާދަކުރަން ހަމަޖެހިފައިވަނީ ވިޖިލާންޓިސް އެފް ސީ އަދި ޓީމް ރަޝްކޮ އެވެ.
ލިޔުނީ:އާއިޝަތު ޝަމްލާ
މީޑިއާ ކޯޑިނޭޓަރ: ޝެޓްސް، އެމް.އެން.ޔޫ.އެސް.ޔޫ