ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ގިނަ ދަރިވަރުންތަކެއްގެ ހުވަފެނެއްކަމުގައިވާ ޝެޓްސް ފުޓްސަލް ޓޯނަމެންޓް މި ހަފްތާގެ ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައިއެވެ.
މި މުބާރާތަކީ އެފް.އެޗް.ޓީ.އެސްގެ ދަރިވަރުންނަށް ހުޅުވާލައިގެން ޝެޓްސްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. އަދި މިއީ މި މުބާރާތް ބޭއްވޭ އެންމެ ފުރަތަމަ ފަހަރުވެސްމެއެވެ. މި މުބާރާތުގެ މަޤްސަދަކީ، އެފް.އެޗް.ޓީ.އެސްގެ ދަރިވަރުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ފުޓްސަލް ކުޅުމުގެ ރޫހު އާލާކޮށް، ހުނަރުވެރި ފުޓްސަލް ކުޅުންތެރިން އުފެއްދުމަށް މަސައްކަތް ކުރުމެވެ.
މި މުބާރާތުގެ މެޗުތަށް ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 29، 30، އަދި 31 ގައެވެ. ގުރުއަތުލުން މިއަދު ހަވީރު ކުރިޔަށްދާނެއެވެ.
މި މުބާރާތް ކޮންމެ އަހަރަކު އެއްފަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޝެޓްސްގެ އުއްމީދަކީ އަހަރަކަށްވުރެ އަހަރަކު، މި މުބާރާތުގެ ފޯރި ގަދަކުރުމެވެ.