2018 ވަނަ އަހަރުގެ އަހުރަ ހޭންޑްބޯލް ޓޯރނަމެންޓް ފަށައިފި. މި މުބާރާތް ފެށުމުގެ ގޮތުން ރޭ(4 އޯގަސްޓް9:00) ވަނީ އޯޕެނިންގް ސެރްމަނީ ބާއްވައިފައެވެ. އޯޕަނިންގް ސެރްމަނީ އަށްފަހު ވަނީ މުބާރާތުގެ ފުރަތަމަ މެޗްއެއްގެ ގޮތުން ދިރާގު އާއި ފޮނަދޫ ޔޫތް އެސޯސިއޭޝަން ވަނީ ވާދަ ކޮށްފައެވެ. ވޭތުވެދިޔަ އަހަރުގެ މުބާރާތައްވުރެން މިއަހަރުގެ އަހުރަ ހޭންޑްބޯލް މުބާރާރް ފުޅާކުރުމުގެ ގޮތުން އަންހެން އަދި ފިރިހެން ބޭފުޅުންނައްވެސް ބައިވެރިވެވޭގޮތް ވަނީ ހަމަޖައްސަވާފައެވެ.
މުބާރާތް ފެއްޓުމުގެ ގޮތުން ސަރަފްވެރި މެހުމާނެއްގެ ގޮތުގައި ވަނީ އެމް.އެން.ޑީ.އެފް ގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް ވަނީ ބައިވެރިވެ ވަޑައިގަންނަވައިފައެވެ. އަދި މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާރވިސް ގެ އިސްބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. އަދި ހަމައެއާއެކު ލ.ގަން ކެމްޕަސް ގެ މެނޭޖަރ ޝާހިދާ އާއި ލ.ގަން ކެމްޕަސް ގެ އިސްބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
2018 ވަނަ އަހަރުގެ އަހުރަ ހޭންޑްބޯޅައިގެ މެއިން ސްޕޮންސަރ އަކީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އެވެ. ޕުރިންޓިންގް ޕާރޓްނާއަކީ ޕުރިންޓިންގް ލެބް ކުރިއޭޓިވް އެވެ. އެސޯސިއޭޓް ޕާރޓްނާރ އަކީ މޯލްޑިވްސް ޕޮލިސް ސާރވިސްއެވެ .އަދި މީޑާއާ ޕާރޓްނާރ އަކީ ސަން ސްޕޯރޓްސް އެވެ.
މި މުބާރާތް ހިންގާ ތައްޔާރުކުރުމުގައި ލ.ގަން ޕޮލިސް ސާރވިސް އިން ދެއްވި އެއްބާރުލުން ފާހަގަ ކޮށްލަމެއެވެ.