ލ.ގަން ކެމްޕަސްގެ އަހުރަ ގޮފީގެފަރާތުން ބާއްވަން ހަމަޖެހިފައިވާ “ އަހުރަ ހޭންޑްބޯލް ޓޯނަމެންޓް 2018″ ގެ ގުރުއަތުލުން
ބާއްވައިފިއެވެ. ގުރުއަތުލުން ބާއްވައިފައިވަނީ 1 އޯގަސްޓް2018 ވީ ބުދަ ދުވަހުގެރޭ 30:20 ގައި ޓީމްތަކުގެ މެނޭޖަރުންނާއި
އެކު ބޭއްވުނު ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އަހުރަ ގޮފީގެ މެންބަރުންވަނީ ބައިވެރިވެ މުބާރާތް ކުރިޔަށްދާނެ ގޮތް
ޓީމްތަކުގެ މެނޭޖަރުންނާ ހިއްސާކޮށްފައެވެ.
4 އޯގަސްޓް 2018 އިން 14 އޯގަސްޓް 2018 ގެ ނިޔަލަށް ކުރިޔަށްގެންދަން ނިންމާފައިވާ މި މުބާރާތުގެ ފޯރި އިތުރުކުރުމަށް
ދެ ޖިންސުގެ ބޭފުޅުންނަށްވެސް ބައިވެރި ވެވޭ ގޮތަށް ހުޅުވާލި މުބާރާތުގައި ފިރިހެން 5 ޓީމާއި އަންހެން 9 ޓީމް ހިމެނޭގޮތުން
ޖުމުލަ 14 ޓީމް ބައިވެރިވެފައިވެއެވެ. މުބާރާތުގައި ފިރިހެން ޓީމްތަށް ކުޅެމުން ގެންދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ
ޓީމްއަކާ ކުޅޭގޮތަށެވެ. އަދި އަންހެން ޓީމްގެ މެޗްތައް ކުރިޔަށް ދާނީ ދެ ގުރޫޕް އަށް ބަހާލެވިގެން ކޮންމެ ގުރޫޕް އަކުންވެސް 2
ޓީމް މުބާރާތުގެ ސެމީފައިނަލް ބުރަށް ދަތުރު ކުރާގޮތަކަށެވެ. މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންހެން ޓީމްތަކުގެ
މެޗްތަކުންނެވެ. 2017 ވަނަ އަހަރުގެ މުބާރާތަށްވުރެން މި އަހަރުގެ މުބާރާތް އެކި ގޮތްގޮތުން ފޯރި ގަދަކުރުމަށް އަހުރަ ގޮފިން
އަންނަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ.