Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Home ޚަބަރު

އެމް.އެން.ޔޫ.އެސް.ޔޫގެ ކުޅަދާނަ ބަހުސް ޓީމުން ޗެމްޕިއަންކަން ހޯދައިފި

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2018-06-15
in ޚަބަރު
އެމް.އެން.ޔޫ.އެސް.ޔޫގެ ކުޅަދާނަ ބަހުސް ޓީމުން ޗެމްޕިއަންކަން ހޯދައިފި

ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ދިވެހިރާއްޖޭގެ އަޑުން އިންތިޒާމުކޮށްގެން ބޭއްވި ”ޕީ.އެސް.އެމް ބަހުސް މުބާރާތް 1439″ގެ ޗެމްޕިއަންކަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން ހޯދައިފިއެވެ. 12 ޖޫން 2018ވީ އަންގާރަދުވަހުގެރޭ ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވުނު ފައިނަލް ބަހުސްގައި ”ދިވެސް“ ޓީމާއި ވާދަކޮށް އެމް.އެން.ޔޫ.އެސް.ޔޫ އިން ބަހުސް ކާމިޔާބުކުރީ 765.50 ޕޮއިންޓު ހޯދައިގެންނެވެ. ދިވެސް ޓީމަށް ލިބުނީ 704 ޕޮއިންޓެވެ.

އަލް އުސްތާޛް ޔާމީން | ފޮޓޯ:އެމް.އެން.ޔޫ.އެސް.ޔޫ
އަލްއުސްތާޛް ޢަލީ ރަޝީދު | ފޮޓޯ:އެމް.އެން.ޔޫ.އެސް.ޔޫ
އަލްއުސްތާޛް ޖައުޝަން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ

ފައިނަލް ބަހުސްގައި އެމް.އެން.ޔޫ.އެސް.ޔޫ ޓީމުން ބަހުސްކޮށްފައިވަނީ އަލްއުސްތާޛް ޢަލީ ރަޝީދާއި، އަލްއުސްތާޛް މުހައްމަދު ޖައުޝަން ޝަރީފްގެ އިތުރުން އަލްއުސްތާޛް މުޙައްމަދު ޔާމީން އިބްރާހީމެވެ. ފައިނަލް ބަހުސްގެ މައުޟޫ އަކީ ”އިޖްތިމާޢީ ގުޅުން ބަދަހިކުރެވޭނީ ފުދުންތެރިބަޔަކަށް ވެވިގެންނެވެ.“ ކަމަށްވާއިރު، އެމް.އެން.ޔޫ.އެސް.ޔޫގެ ޓީމުން ބަހުސްކުރީ މައުޟޫއާ ދެކޮޅަށެވެ. މައުޟޫ މާނަކޮށް އިދިކޮޅު ބައިވެރިންގެ ފުރަތަމަ ޕޮއިންޓުތަކަށް ރައްދު ދިނުމަށް އެމް.އެން.ޔޫ.އެސް.ޔޫގެ ޓީމުން އަލްއުސްތާޛް ޢަލީ ރަޝީދު އެރުމަށްފަހުވަނީ ކުޅަދާނަކަމާއިއެކު ޓީމަށް ޕޮއިންޓު ހޯދައިދީފައެވެ. ހިނިތުންވުމާއިއެކު ދެއްކެވި ވާހަކައިން އޯޑިއަންސް ހެއްވާލާފައެވެ. އެމް.އެން.ޔޫ.އެސް.ޔޫގެ ޓީމުން ދެވަނައަށް އެރި އަލްއުސްތާޛް މުޙައްމަދު ޖައުޝަން ޝަރީފް ވަނީ ދެއްކެވި ވާހަކައިގެ ގިނަ ޕޮއިންޓުތަކުން އިދިކޮޅު ޓީމުގެ ޕޮއިންޓުތައް މުގުރާލާ، ދިވެހިރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މިހާރާއި އެހާރުން މިސާލުދައްކައިގެން ހެކި ސާބިތުކޮށްދީފައެވެ. ފަހު ބައިވެރިއަކަށް ޓީމުން އެރި އަލްއުސްތާޛް މުޙައްމަދު ޔާމީން އިބްރާހީމްގެ ވާހަކައިގައި އިސްލާމްދީނާއި ދިވެހީންގެ މިސާލުތަކުން މިސާލުނަގައި، އިޖްތިމާޢީ ގުޅުން ދެމެހެއްޓުމަށް ކޮންމެހެން ފުދުންތެރިވާން ނުޖެހޭނެކަން ވަނީ ދައްކަވާދީފައެވެ.

 

ބަހުސްގެ ތެރެއިން | ފޮޓޯ:އެމް.އެން.ޔޫ.އެސް.ޔޫ
ބަހުސްގެ ތެރެއިން | ފޮޓޯ:އެމް.އެން.ޔޫ.އެސް.ޔޫ
ބަހުސްގެ ތެރެއިން | ފޮޓޯ:އެމް.އެން.ޔޫ.އެސް.ޔޫ

މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ބަހުސް ނިންމުމަށްފަހު ބޭއްވުނުއިރު، އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ހެލްތު އޮނަރަބަލް ޢަބްދުﷲ ނާޒިމެވެ. ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގައި ދެން ހޮވާފައިވަނީ ”ފަހިދުލުގެވެރިޔާ“ އެވެ. ނުވަތަ އެންމެ މޮޅު ބަހުސްކުރުންތެރިޔާ އެވެ. މި މަޤާމަށް ޖުމްލަ 5 ބައިވެރިއަކު ވާދަކުރިއިރު، އެ މަޤާމް ހޯދާފައިވަނީ އެމް.އެން.ޔޫ.އެސް.ޔޫ ޓީމުގެ ކުޅަދާނަ ބަހުސްކުރުންތެރިޔާ އަލްއުސްތާޛް މުޙައްމަދު ޔާމީން އިބްރާހީމެވެ. އެ މަޤާމަށް ޖަޖުންގެ %70 މާކުހާއި އަޑުއެހުންތެރިންގެ %30 އެސް.އެމް.އެސް ވޯޓު ހިމަނާފައިވެއެވެ.

ރަސްމިއްޔާތު ނިމުމުގެ ކުރިން އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް އަރުޝަދު އަޝްރަފް ވަނީ ވަރަށް މުޙިއްމު ވާހަކައެއް ޙިއްޞާކުރައްވާފައެވެ. އެއީ އެމް.އެން.ޔޫ.އެސް.ޔޫއަށް ޗެމްޕިއަން ޓީމުގެ ގޮތުގައި ލިބުނު 15000 ރުފިޔާ އަދި ”ފަހުދުލުގެވެރިޔާ“ގެ މަޤާމަށް ހޮވުނު ޔާމީނަށް ލިބުނު 3000 ރުފިޔާ، މިވަގުތު ކިޑްނީގެ ބައްޔަށް ފަރުވާކުރަމުންދާ ޕީ.އެސް.އެމްގެ ކުޅަދާނަ ނޫސްވެރިޔާ ސާއިދުއަށް ހަދިޔާކުރަން ނިންމާފައިވާކަމެވެ. ރަސްމިއްޔާތު ނިންމުމަށްފަހު މި ރުފިޔާވަނީ ސާއިދުގެ އާއިލާގެ މެންބަރަކަށް ހަވާލުކޮށްފައެވެ.

”ފަހިދުލުގެ ވެރިޔާ“ އަށް ލިބުނު ރުފިޔާ ޙަވާލުކުރުމުގެ ތެރެއިން
ޗެމްޕިއަން ޓީމަށް ލިބުނު ރުފިޔާ ޙަވާލުކުރުމުގެ ތެރެއިން

އެމް.އެން.ޔޫ.އެސް.ޔޫ އިން މި ޙާޞިލްކުރި ތަށި ޙާޞިލްކުރުމުގައި ގިނަ ބައެއްގެ ޝާމިލުވުން ވާނެކަން ޔަޤީނެވެ. އެންމެ ފުރަތަމަވެސް އެމް.އެން.ޔޫގެ މެނޭޖްމަންޓަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަމެވެ. ޚާއްޞަގޮތެއްގައި ބަހުސްތައް ބައްލަވާލަން ވަޑައިގެންނެވި ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ ޢާއިޝަތު ޝާހީން އަދި ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލާ ނާދިޔާ އަޙްމަދުގެ ނަން ފާހަގަކޮށްލަމެވެ. އެއަށްފަހު. ޓީމުގެ މެނޭޖަރ އަލްފާޟިލް ޙުސައިން ޢަލީ އަދި ޓީމުގެ ކޯޗުގެ ގޮތުގައި މަސައްކަތްކޮށްދެއްވި އަލްފާޟިލް ޝިފާން މުޙައްމަދާއި އަލްފާޟިލް މުޙައްމަދު ނަޝީދުގެ ނަން ފާހަގަކޮށްލަމެވެ. ހަމައެހެންމެ ޓީމުގެ 5 މެންބަރުންކަމަށްވާ އަލްއުސްތާޛް ޢަލީ ރަޝީދާއި، އަލްއުސްތާޛް މުޙައްމަދު ޖައުޝަން ޝަރީފާއި، އަލްއުސްތާޛް މުޙައްމަދު ޔާމީން އިބްރާހީމްގެ އިތުރުން އަލްފާޟިލް ޢަލީ އަމީރު އަދި އަލްފާޟިލާ އަމްރާ އަހްމަދު ޓީމަށް ކާމިޔާބު ހޯއްދެވުމަށް ވެވަޑައިގެންނެވި ޤުރުބާނީތަކަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަމެވެ. އަދި ހަމައެހެންމެ އެމް.އެން.ޔޫ.އެސް.ޔޫ ޓީމުގެ ބަހުސްތައް ބައްލަވާލެއްވުމަށް ވަޑައިގެންނެވި ހިތްވަރުގަދަ ސަޕޯޓަރުންނަށް އިންތިހާއަށް ޝުކުރު އަދާކުރަމެވެ.

އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ޔޫނިއަން ވެބްސައިޓް ފަރުމާކޮށް ބެލެހެއްޓުން ކޯޑްލެބަށް

ޔޫނިއަން ވެބްސައިޓް ފަރުމާކޮށް ބެލެހެއްޓުން ކޯޑްލެބަށް

2020-12-02
ސަޕޯޓަރުންގެ އެހީއާއިއެކު ބްރެކެޓް ޗެލެންޖު ދަގަނޑޭ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި

ސަޕޯޓަރުންގެ އެހީއާއިއެކު ބްރެކެޓް ޗެލެންޖު ދަގަނޑޭ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި

2020-11-30
ދަގަނޑޭގެ ކެމްޕެއިނުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ބައިވެރިވަނީ

ދަގަނޑޭގެ ކެމްޕެއިނުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ބައިވެރިވަނީ

2020-11-23
އެމް.އެން.ޔޫ.އެސް.ޔޫ ގެ ރަސްމީ ޓެލެގްރާމް ޗެނަލް އިފްތިތާހު ކޮށްފި

އެމް.އެން.ޔޫ.އެސް.ޔޫ ގެ ރަސްމީ ޓެލެގްރާމް ޗެނަލް އިފްތިތާހު ކޮށްފި

2020-11-23
ދަތި އުނދަގޫ ހާލަތުގައި ޔޫނިއަންގެ ހަރަކާތްތަކަށް މަޑުޖެހުމެއް ނައިސް ކުރިއަށް ގޮސްފައިވަނީ ޝަމްޢޫން އާއި އޭނާގެ ޓީމުގެ ކުޅަދާނަ ކަމުން: ޝާން

ދަތި އުނދަގޫ ހާލަތުގައި ޔޫނިއަންގެ ހަރަކާތްތަކަށް މަޑުޖެހުމެއް ނައިސް ކުރިއަށް ގޮސްފައިވަނީ ޝަމްޢޫން އާއި އޭނާގެ ޓީމުގެ ކުޅަދާނަ ކަމުން: ޝާން

2020-11-15

ޝުކުރުގެ ޙައްޤުވެރިންނަށް ޝުކުރު ބަރުތީލަކޮށް އެމް.އެން.ޔޫ.އެސް.ޔޫގެ 8 ވަނަ ދައުރުގެ ރައީސް ޢަލީ ޝަމްޢޫން ވާހަކަފުޅު ދައްކަވައިފި!

2020-11-13
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab