މި އިނާމަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ސައިންސްގައި ބެޗްލަރސް އޮފް ސައިންސް ކިޔަވަމުންދަނިކޮށް، ދިމާވި ހިތާމަވެރި ހާދިސާއެއްގައި 2017 ވަނަ އަހަރު މި ދުނިޔެއާ އަލްވަދާޢު ކިޔާފައިވާ، ހދ. ނޮޅިވަރަމް، ހިތަށްފިނިވާގޭ އަލް މަރްޙޫމް އަޙްމަދު މުޙައްމަދުގެ ހަނދާނުގައިދެވޭ އިނާމެކެވެ. މި އިނާމު ތަޢާރަފުކުރެވުނީ 2018ވަަނަ އަހަރެވެ.
އަލްމަރްޙޫމް އަޙްމަދު މުޙައްމަދަކީވެސް ދަރުމަވެރިއެއްގެ ގޮތުން ބުރަ މަސައްކަތްތަކެއް ކުރަމުންދިޔަ ދަރިވަރެކެވެ. މަރްޙޫމް އަޙްމަދު މުޙައްމަދުގެ ހަނދާނުގައިދެވޭ މި އިނާމު ދެވޭނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ތެރެއިން، ދަރުމަވެރި މަސައްކަތް ކުރުމުގައި އެހެންކުދިންނަށް ނަމޫނާއެއްގެ ގޮތުން މަސައްކަތްކުރާ ދަރިވަރުންނަށެވެ. މި އިނާމަކީ ދަރުމަވެރިކަމުގައި މަސައްކަތްކުރާ ދަރިވަރުންނަށްދެވޭ ޝަރަފުގެ އިނާމެކެވެ.
މި އިނާމަކީ އެމް.އެން.ޔޫ.އެސް.ޔޫގެ 4 ވަނަ އަށް އެންމެ މަތީ ޝަރަފެވެ.
ތިރީގައި އެވަނީ މި އިނާމު މިހާތަނަށް ދީފައިވާ އަހަރުތަކެވެ.


ހިތަށްފިނިވާގެ / ހދ. ނޮޅިވަރަމް
(ބެޗްލަރސް އޮފް ސައިންސް – ފެކަލްޓީ އޮފް ސައިންސް)
2018 ވަނަ އަހަރު އިނާމު ލިބުނު ފަރާތްތަކުގެ ލިސްޓު
2019 ވަނަ އަހަރު އިނާމު ލިބުނު ފަރާތްތަކުގެ ލިސްޓު