ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑަންޓްސް އެސޯސިއޭޝަން (ފެސާ) އިން 2018 ވަނަ އަހަރު ބޭއްވި ފުރަތަމަ ”މޫވީ ނައިޓް“ އިން ލިބުނު ތަރުހީބު ފާހަގަކޮށް، ގިނަ ދަރިވަރުންތަކެއްގެ އެދުމުގެ މަތިން 16 މާރޗް 2018 ވީ ހުކުރު ދުވަހުގެ ރޭ 20:15 ގައި ވަނީ އިތުރު މޫވީ ނައިޓެއް ބޭއްވިފައެވެ.މި މޫވީ ނައިޓް ބޭއްވިފައި ވަނީ ސެންޓަރ ފޮ .ފައުންޑޭޝަން ސްޓަޑީޒް އޮޑިޓޯރިއަމްގައެވެ


ނިމިގެން ދިޔަ މޫވީ ނައިޓެކޭ އެއްފަދައިން މިފަހަރުގެ މޫވީ ނައިޓް ވެސް އެހެން ފެކަލްޓީ ތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވުނެވެ.މިފަހަރު މޫވީ ނައިޓް ގައި ދައްކާލާފައިވަނީ ހޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމަށްވާ ”ޖުމާންޖީ“ އެވެ. ފިލްމު ދައްކަމުން ދިޔަ ވަގުތު ފެސާގެ ދަރިވަރުން އިސްނަގައިގެން ”ފުޑް ސްޓޯލް“ އެއް ވަނީ އޮޑިޓޯރިއަމް ކުރިމަތީގައި ކުރިޔަށް ގެންގޮސްފައެވެ.


މިފަހަރުގެ މޫވީ ނައިޓް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ 24 މާރޗް ވާ ހޮނިހރު ދުވަހު ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ”އާރތް އަވަރ“ ފާހަގަ ކުރުމަށްޓަކައި ފަންޑްރެއިޒް ކުރުމެވެ. 2017 ވަނަ އަހަރުން ފެށިގެން ފެސާ އިން އަންނަނީ މި ދުވަސް ފާހަގަ ކުރަމުންނެވެ.


.ފެކަލްޓީތަކުގެ ގިނަ ދަރިވަރުންގެ ތަރުހީބާއި އެކު ވަރަށް ކާމިޔާބު ކަމާއި އެކު މޫވީ ނައިޓް ވަނީ ނިންމާލެވިފައެވެ