ފެކަލްޓީ އޮފް ހެލްތު ސައިންސް އިން ކޮންމެ ސެމިސްޓާރ އެއްގައިވެސް ބާއްވަމުންދާ ހީލާރސް ނައިޓް ގައި ފެސާ އިން ބައިވެރިވެއްޖެ. އެ ފެކަލްޓީއަށް އަލަށް ގުޅޭ ދަރިވަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ކޮންމެ ސެމިސްޓާރ އެއްގައިވެސް ވަރަށް ކުލަގަދަ ކޮށް ހީލާރސް ނައިޓް ފާހަގަ ކުރެއެވެ. ހީލާރސް ނައިޓްގެ މަގްސަދަކީ ހުރިހާ ކުދިންގެ މެދުގައި އެކުވެރިކަމުގެ ގުޅުން ބަދަހި ކޮށް އަދި ކިޔަވާ މާހައުލަކީ ކުދިންނަށް ބީރައްޓެހި މާހައުލަކަށް ވިޔަނުދިނުމެވެ.ހީލާރސް އިން ދެއްވި ދައުވަތު ގަބޫލުކޮށް ފެސާ އިން ވަނީ މި އަހަރުގެ ދެ ސެމިސްޓާރ ގައިވެސް އައިޓަމް ހުށައަޅާދީފައެވެ.ޖެނުއަރީ އިންޓޭކް ގެ ދަރިވަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން މިއަހަރުގެ ފުރަތަމަ ހީލާރސް ނައިޓް ބޭއްވިގެން ގޮސްފައިވަނީ 3 މާޗްގައެވެ . އަދި ޖުލައި އިންޓޭކް ގެ ދަރިވަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ހީލާރސް ނައިޓް ކުރިއަށް ގެންގޮސްފައިވަނީ 20 ސެޕްޓެމްބާރ ގައެވެ. ފެކަލްޓީ އޮފް ހެލްތު ސައިންސް އަދި ސްކޫލް އޮފް ނާރސިންގ ގެ ކޮންފަރެންސް ހޯލުގައި ބޭއްވުނު ހީލާރސް ނައިޓް އަކީ އެތަށް ދަރިވަރުންނެއްގެ ފޮރުވިފައިވާ ހުނަރުތަށް ފެނިގެން ދިޔަ ހަރަކާތެކެވެ.