ދުނިޔޭގެ ކިޑްނީ ދުވަހުގެ މުނާސަބަތުގައި ހީލާރސް އިން ވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ދަރިވަރުންނާއި ލެކްޗަރަރ އިންނަށް ދުވަހުގެ ޝިއާރާއި ގުޅުވާލައިގެން ތައްޔާރު ކުރެވިފައިވާ ބެޖު ތަކެއް ބަހާދެއްވާފަ އެވެ. އަދި މީގެ އިތުރުން ދުވަހާ ގުޅުވާލައިގެން ހީލަރސްގެ ދަންނަވާލުމަކަށް ގިނައަދަދެއްގެ ދަރިވަރުން މުށިކުލައިގެ ހެދުންލައިގެން އައިކަން ފާހަގަކޮށްލެވެއެވެ. ހީލާރސް އިން މި ބެޖުތައް ބަހައިފައި ވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް ގެ ގްރައުންޑް ފުލޯގެ އެކި ސަރަހައްދު ތަކުގަ އެވެ.