ހީލާރސް ނައިޓް ގެ ނަމުގައި 20 ސެޕްޓެމްބަރ 2018 ގައި އެމް.އެން.ޔޫ.އެސް.ޔޫގެ އެފް.އެޗް.އެސް ގޮފި ހީލލަރސް އިން އިވެންޓެއް ބާއްވައިފިއެވެ. މި އިވެންޓްގައި އެފް.އެޗް.އެސްގެ ކުދިންގެ ވަރަށް ފޯރިގަދަ އައިޓެމްތަކެއް ހުށެހެޅުނެވެ. އަދި މީގެ އިތުރުން ފެކަލްޓީ އޮފް އެޑިއުކޭޝަން އަދި ސްކޫލް އޮފް ނަރސިންގެ ދަރިވަރުންގެ ފޯރިގަދަ އައިޓެމްތަކެއްވެސް ހުށަހެޅިގެން ދިޔައެވެ. ހީލަރސް ނައިޓްގައި ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އައިޝަތު ޝާހީން އަދި އެފް.އެޗް.އެސްގެ ޑީން އައިޝަތު ޝާހީން އިސްމާއީލް ބައިވެރިވެ ވަޑައިގަތުމަކީ މި އިވެންޓަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދިޔަ ކަމެކެވެ. ފޯރިގަދަ އައިޓަމް ތަކެއްގެ އިތުރުން ހީލާރސް ހީނާ ކޮމްޕެޓިޝަން އަދި ހެލްތް ޑޭ ވޯކް ގައި ބައިވެރިވި ކުދިންނާއި ވަނަވަނަޔަށް ދިޔަ ފަރާތްތަކަށް އިނާމާއި، ހަނދާނީ ލިޔުން ދެވިގެން ދިޔައެވެ.