Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Home ހަރަކާތް

ހިތްވަރުގަދަ އެފް.އެލް.އައި.އެސް، ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންކަން ހޯދައިފި

admin by admin
2018-02-27
in ހަރަކާތް
100% ރެކޯޑަކާއެކު އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން އެމް.އެން.ޔޫ.ބީ.އެސް އަށް

shuaib's phtgraphy

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި ”މެކްސްކޮމް އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2018″ގެ ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންކަން ”ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް“ (އެފް.އެލް.އައި.އެސް)ގެ ޓީމުން ހޯދައިފިއެވެ. އެފް.އެލް.އައި.އެސް ފައިނަލަށް ދަތުރުކުރީ ފަސޭހަ މަގަކުންނޫނެވެ. ފުރަތަމަ ސެމީގައި އެފް.އެޗް.ޓީ.އެސް އާއި ބައްދަލުކޮށް ބަލިވުމުން، ދެން ފައިނަލަށް ދާން ބޭނުންނަމަ ތިންވަނަ ސެމީއިން މޮޅުވުމަށް މަޖުބޫރުވިއެވެ. ތިންވަނަ ސެމީގައި ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް) އާއި ބައްދަލުކުރި މެޗުގައި 5 ސެޓު ކުޅުމަށް މަޖުބޫރުވިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެފް.އެލް.އައި.އެސް މެޗު ކާމިޔާބުކުރީ 3 ސެޓު 2 ސެޓުންނެވެ. ފައިނަލުގައި ދެން ވާދަކުރި ”އެފް.އެޗް.ޓީ.އެސް“ ފައިނަލަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލިނުވެ، ފުރަތަމަ ސެމީގައި ”އެފް.އެލް.އައި.އެސް“ 3 ސެޓު 1 ސެޓުން ބަލިކުރުމަށްފަހުއެވެ.

ފިރިހެން ޑިވިޜަނުގެ ފައިނަލު މެޗު ވެގެންދިޔައީ މުޅި މުބާރާތުގެވެސް އެންމެ ފޯރިގަދަ މެޗަށެވެ. އެފް.އެޗް.ޓީ.އެސް އާއި އެފް.އެލް.އައި.އެސް ބައްދަލުކުރި މި މެޗަކީ ސަޕޯޓަރުންވެސް އެންމެ ގިނައިން ޙާޒިރުވި މެޗުކަން ފާހަގަކޮށްލެވެއެވެ. މި މެޗުގެ ފުރަތަމަ 2 ސެޓު 25-19 އަދި 20-25ގެ ނަތީޖާތަކުން ގެންދިޔައީ އެފް.އެލް.އައި.އެސް އެވެ. މިއާއިއެކު އެފް.އެޗް.ޓީ.އެސްގެ ކުޅުން ރަނގަޅުކޮށް 3 ވަނަ ސެޓާއި 4 ވަނަ ސެޓު، 16-25 އަދި 23-25ގެ ނަތީޖާތަކުން އެފް.އެޗް.ޓީ.އެސް ކާމިޔާބުކުރިއެވެ. ތަށި ހޯދާނޭ ބަޔަކު ކަށަވަރު ކުރުމަށް ކުޅެވުނު ފައިނަލު މެޗުގެ ފަހު ސެޓު 15-10ން ކާމިޔާބުކުރީ އެފް.އެލް.އައި.އެސް އެވެ. އެފް.އެލް.އައި.އެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމަކީ ހޮނިހިރުދުވަހު 3 މެޗު ކުޅެން ޖެހުނު ބައެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފުރަތަމަ ސެމީ ފައިނަލާއި، 3 ވަނަ ސެމީ ފައިނަލާއި ފައިނަލު މެޗު އެއްދުވަހެއްގައި ކުޅެން ޖެހުނުއިރު، ފައިނަލު މެޗު ކުޅުނުއިރު އެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެންނަމުންދިޔައެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ޓީމުގެ ކުޅުންތެރިން ދެއްކީ އާދަޔާޚިލާފު ހިތްވަރެކެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ދެ ޑިވިޜަނުން މުބާރާތުގައި ބައިވެރިވި ޓީމުތަކަށްވަނީ ބައިވެރިވިކަމުގެ ލިޔުން ޙަވާލުކޮށްދެއްވާފައެވެ. މި ލިޔުން ޙަވާލުކޮށްދެއްވީ ދިރާގުގެ ސޭލްސް އޭޖެންޓް މުހައްމަދު ރިފާޒެވެ.

މުބާރާތުގެ އަންހެން ޑިވިޜަނުގައި ބައިވެރިވި ޓީމުތައް:

  1. މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ބިޒްނަސް ސްކޫލް (އެމް.އެން.ޔޫ.ބީ.އެސް)
  2. ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް)
  3. ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)
  4. ފެކަލްޓީ އޮފް ހެލްތް ސައިންސަސް (އެފް.އެޗް.އެސް)
  5. ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް (އެފް.އެލް.އައި.އެސް)
  6. ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް)

 

މުބާރާތުގެ ފިރިހެން ޑިވިޜަނުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އެފް.އެލް.އައި.އެސްގެ ކޯޗެވެ. މީގެ އިތުރުން މުބާރާތުގައި އެންމެ ރަނގަޅު ތަރުޙީބެއްދިން ސަޕޯޓަރުންގެ ގޮތުގައި ”ބެސްޓް ސަޕޯޓަރސް އެވޯޑް“ ޙާޞިލްކުރީ މުބާރާތުގައި ޓީމު ކުޅުނު ކޮންމެ މެޗެއްގައި އެބައެއްގެ އަޑުން ޕީ.އީ ހޯލު ގުގުމާލި ”އެފް.އެޗް.ޓީ.އެސް“ގެ ސަޕޯޓަރުންނެވެ. މި އެވޯޑުތައް ޙަވާލުކޮށްދެއްވީ އެމް.އެން.ޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ ޢާއިޝަތު ޝާހީން އެވެ.

ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ކޮންމެ މެޗެއްގެވެސް އެންމެ މޮޅު ކުޅުންތެރިޔާއަށްވަނީ އެވޯޑު ދެވިފައެވެ. މިގޮތުން ފިރިހެން ޑިވިޜަނުގެ މެޗުތަކުގެ ”މޭން އޮފް ދަ މެޗް“ އަށް އެވޯޑު ޙަވާލު ކޮށްދެއްވީ އެމް.އެން.ޔޫގެ ކައުންސިލްގައި ދަރިވަރުން ތަމްސީލުކުރާ މެންބަރު އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ޝަރަފުވެރިކަމާއި ޢިއްޒަތްތެރިކަމުގެ ވެރިޔާ ޢަލީ ރަޝީދެވެ.

ފިރިހެން ޑިވިޜަނުގެ ”މޭން އޮފް ދަ މެޗް“ތައް:

  1. އެފް.އެޗް.ޓީ.އެސް އަދި އެފް.އެޗް.އެސް (ގްރޫޕް ސްޓޭޖް) – އެފް.އެޗް.ޓީ.އެސް ޖާރޒީ ނަންބަރ 1، މުޙައްމަދު ޙުސައިން
  2. އެފް.އެލް.އައި.އެސް އަދި އެފް.އީ (ގްރޫޕް ސްޓޭޖް) – އެފް.އެލް.އައި.އެސް ޖާރޒީ ނަންބަރ 12، ނަޝީދު ޢަބްދުﷲ
  3. އެފް.އެޗް.އެސް އަދި އެފް.އީ.އެސް.ޓީ (ގްރޫޕް ސްޓޭޖް) – އެފް.އީ.އެސް.ޓީ ޖާރޒީ ނަންބަރ 7، ޢަބްދުﷲ ނާފިޢު
  4. އެފް.އެލް.އައި.އެސް އަދި އެމް.އެން.ޔޫ.ބީ.އެސް (ގްރޫޕް ސްޓޭޖް) – އެފް.އެލް.އައި.އެސް ޖާރޒީ ނަންބަރ 12، ނަޝީދު ޢަބްދުﷲ
  5. އެފް.އެޗް.ޓީ.އެސް އަދި އެފް.އީ.އެސް.ޓީ (ގްރޫޕް ސްޓޭޖް) – އެފް.އެޗް.ޓީ.އެސް ޖާރޒީ ނަންބަރ 7، ހަސަން ނަބީލް
  6. އެފް.އީ އަދި އެމް.އެން.ޔޫ.ބީ.އެސް (ގްރޫޕް ސްޓޭޖް) – އެމް.އެން.ޔޫ.ބީ.އެސް ޖާރޒީ ނަންބަރ 1، އަޙްމަދު ޝަފްރާޒް މުޙައްމަދު
  7. އެފް.އެޗް.ޓީ.އެސް އަދި އެފް.އެލް.އައި.އެސް (ސެމީ ފައިނަލް 1) – އެފް.އެޗް.ޓީ.އެސް ޖާރޒީ ނަންބަރ 3، ސަނީޙް އާދަމް
  8. އެފް.އީ.އެސް.ޓީ އަދި އެމް.އެން.ޔޫ.ބީ.އެސް (ސެމީ ފައިނަލް 2) – އެފް.އީ.އެސް.ޓީ ޖާރޒީ ނަންބަރ 5، އަފާޒް ޒާހިދު
  9. އެފް.އެލް.އައި.އެސް އަދި އެފް.އީ.އެސް.ޓީ (ސެމީ ފައިނަލް 3) – އެފް.އެލް.އައި.އެސް ޖާރޒީ ނަންބަރ 4، އަޙްމަދު އާދަމް
  10. އެފް.އެޗް.ޓީ.އެސް އަދި އެފް.އެލް.އައި.އެސް (ފައިނަލް) – އެފް.އެލް.އައި.އެސް ޖާރޒީ ނަންބަރ 12، ނަޝީދު ޢަބްދުﷲ

 

މީގެ އިތުރުން މުބާރާތުގެ ކޮންމެ ޑިވިޜަނެއްގައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ގަދަ 6 ކުޅުންތެރިންވަނީ ހޮވާފައެވެ. މިގޮތުން ފިރިހެން ޑިވިޜަނުގެ ގަދަ 6 ކުޅުންތެރިންނަށް އެވޯޑު ޙަވާލުކޮށްދެއްވީ މެކްސްކޮމް ސޭލްސް އެންޑެ މާރކެޓިންގް އެގްޒެކެޓިވް އަލްފާޟިލް މުހައްމަދު އާތިފް އެވެ.

ފިރިހެން ޑިވިޜަނުގެ ގަދަ 6 ކުޅުންތެރިން:

  1. އެމް.އެން.ޔޫ.ބީ.އެސް، ޖާރޒީ ނަންބަރ 19، ޒިޔާން ޖާދުﷲ ރަޝީދު
  2. އެފްއެޗް.ޓީ.އެސް، ޖާރޒީ ނަންބަރ 1، މުޙައްމަދު ހުސައިން
  3. އެފް.އެޗް.ޓީ.އެސް، ޖާރޒީ ނަންބަރ 9، ޙަސަން ޖުނައިދު
  4. އެފް.އެލް.އައި.އެސް ޖާރޒީ ނަންބަރ 4، އަޙްމަދު އާދަމް
  5. އެފް.އެލް.އައި.އެސް ޖާރޒީ ނަންބަރ 12، ނަޝީދު ޢަބްދުﷲ
  6. އެފް.އީ.އެސް.ޓީ ޖާރޒީ ނަންބަރ 7، ޢަބްދުﷲ ނާފިޢު

ފިރިހެން ޑިވިޜަނުގެ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އެވޯޑު ޙަވާލުކޮށްދެއްވީ ދިރާގުގެ ސޭލްސް އޭޖެންޓް މުހައްމަދު ރިފާޒެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ފިރިހެން ޑިވިޜަން)

  • އެފް.އެޗް.ޓީ.އެސް ޖާރޒީ ނަންބަރ 3، ސަނީހް އާދަމް

 

މުބާރާތުގެ އަންހެން ޑިވިޜަނުގެ ރަނަރސް އަޕް އަދި ޗެމްޕިއަން ޓީމަށް، ހަނދާނީ ލިޔުން، މެޑަލް އަދި ޓްރޮފީ ޙަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާން އެމް.އެން.ޔޫ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. މުޢާވިޔަތު މުޙައްމަދެވެ.

ރަސްމިއްޔާތުގެ ޝަރަފްވެރި މެޙްމާނަށް އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ވަނީ ޚާއްޞަ ފިލައެއްވެސް އަރުވާފައެވެ. މި ފިލާ ޙަވާލުކޮށްދެއްވީ އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (ޢިލްމީ) ޙަސަން ޝާހު އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށްދެވޭ ޓްރޮފީ 3 އަހަރު ދުވަހަށް ވަނީ ”ފިއުލް އެކްސްޕްރެސް މޯލްޑިވްސް“ އިން ސްޕޮންސަރ ކޮށްފައެވެ.

އަދި މުބާރާތުގައި ދެވުނު އެވޯޑުތައް ސްޕޮންސަރ ކޮށްފައިވަނީ ”ދިރާގު“ގެ ފަރާތުންނެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ މީޑިއާ ޕާޓްނަރ ”ސަން މީޑިއާ ގްރޫޕް“އިން ވަނީ މުޅި މުބާރާތް އެއްކޮށް ކަވަރކޮށްދެއްވާފައެވެ.

 

މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ ”މެކްސްކޮމް ޓެކްނޮލޮޖީސް“އެވެ. ކޯ-ސްޕޮންސަރުންނަކީ ”ދިރާގު“ އަދި ”ފިއުލް އެކްސްޕްރެސް މޯލްޑިވްސް“ އެވެ. މީޑިއާ ޕާރޓްނަރަކީ ”ސަން މީޑިއާ ގްރޫޕް“ އެވެ.

admin

admin

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ޔޫނިއަން ވެބްސައިޓް ފަރުމާކޮށް ބެލެހެއްޓުން ކޯޑްލެބަށް

ޔޫނިއަން ވެބްސައިޓް ފަރުމާކޮށް ބެލެހެއްޓުން ކޯޑްލެބަށް

2020-12-02
ސަޕޯޓަރުންގެ އެހީއާއިއެކު ބްރެކެޓް ޗެލެންޖު ދަގަނޑޭ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި

ސަޕޯޓަރުންގެ އެހީއާއިއެކު ބްރެކެޓް ޗެލެންޖު ދަގަނޑޭ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި

2020-11-30
ދަގަނޑޭގެ ކެމްޕެއިނުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ބައިވެރިވަނީ

ދަގަނޑޭގެ ކެމްޕެއިނުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ބައިވެރިވަނީ

2020-11-23
އެމް.އެން.ޔޫ.އެސް.ޔޫ ގެ ރަސްމީ ޓެލެގްރާމް ޗެނަލް އިފްތިތާހު ކޮށްފި

އެމް.އެން.ޔޫ.އެސް.ޔޫ ގެ ރަސްމީ ޓެލެގްރާމް ޗެނަލް އިފްތިތާހު ކޮށްފި

2020-11-23
ދަތި އުނދަގޫ ހާލަތުގައި ޔޫނިއަންގެ ހަރަކާތްތަކަށް މަޑުޖެހުމެއް ނައިސް ކުރިއަށް ގޮސްފައިވަނީ ޝަމްޢޫން އާއި އޭނާގެ ޓީމުގެ ކުޅަދާނަ ކަމުން: ޝާން

ދަތި އުނދަގޫ ހާލަތުގައި ޔޫނިއަންގެ ހަރަކާތްތަކަށް މަޑުޖެހުމެއް ނައިސް ކުރިއަށް ގޮސްފައިވަނީ ޝަމްޢޫން އާއި އޭނާގެ ޓީމުގެ ކުޅަދާނަ ކަމުން: ޝާން

2020-11-15

ޝުކުރުގެ ޙައްޤުވެރިންނަށް ޝުކުރު ބަރުތީލަކޮށް އެމް.އެން.ޔޫ.އެސް.ޔޫގެ 8 ވަނަ ދައުރުގެ ރައީސް ޢަލީ ޝަމްޢޫން ވާހަކަފުޅު ދައްކަވައިފި!

2020-11-13
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab