އެމް.އެން.ޔޫ.އެސް.ޔޫ އިން މިއަހަރު ބާއްވާ އިންޓަރ ފެކަލްޓީ ބަހުސް މުބާރާތް 2018 އިން އެފް.އޭ ގެ ޓީމު ކަޓައިފިއެވެ.
މި ބަހުސް މުބާރާތުގައި އެފް.އޭ އަށް ނާކާމިޔާބާ ކުރިމަތި ލާން ޖެހުނީ ވާދަކުރި އެއްވެސް ބަހުސަކުން މޮޅު ނުވެއެވެ. 18 އޮކްޓޯބަރ ވީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ކުރިއަށްދާ މި ބަހުސުގައި ޖުމުލަ 4 ފެކަލްޓީން ބައިވެރިވި ވެފައިވެއެވެ. އެއީ ފެކަލްޓީ އޮފް އާރޓްސް، ފެކަލްޓީ އޮފް އެޑިޔުކޭޝަން، ސްކޫލް އޮފް ނާރސިންގ އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.
ކޮންމެ ބަހުސެއް ނިމުމުން ފަނޑިޔާރުންގެ ފަރާތުން ބޭފުޅެއް އެބަހުސާ ބެހޭ ގޮތުން ވާހަކަ ދައްކައެވެ. އަދި ކުރެވުނު ބަހުސްތަކުގައި ހުރި ބައެއް މައްސަލަ ފާހަގަ ކުރައްވައެވެ. މި ގޮތުން ފަނޑިޔާރުން ފާހަގަ ކުރެއްވި އެއް ކަމަކީ އިދިިކޮޅު ޓީމުގެ ޕޮއިންޓު ތަކަށް ރައްދު ދިނުމުގައި ޚިޔާލީ ވާހަކަ ބޭނުން ކުރާ މައްސަލައެވެ. ހަމަ އެހެންމެ މައުޟޫ ރަނގަޅަށް މާނަކޮށް، މާނަކުރި މަޢުޟޫޢުއާ އެއްގޮތައް ވާހަކަ ގެންދިޔުމަށްވެސް އިރުޝާދު ދިނެވެ.
ކުރިއަށް މިދާ ފޯރިގަދަ ބަހުސް މުބާރާތުގެ ފައިނަލް މެޗުގައި މިރޭ ބައްދަލުކުރާނީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލާއި، ފެކަލްޓީ އޮފް އެޑިޔުކޭޝަން ގެ ޓީމެވެ. ބަހުސް ކުރަން ހަމަޖެހިފައިވާ މަޢުޟޫޢު އަކީ ”ހިތަށް އެންމެ ބޮޑަށް އަސަރު ކުރަނީ ޢިޝްޤީ ލޯތްބެއް ބީވުމުންނެވެ.“ މި މަޢުޟޫޢު އާ އެއްކޮޅަށް އެފް.އީ ގެ ޓީމު ވާހަކަ ދައްކާއިރު ބީ.އެސް ގެ ޓީމު ވާހަކަ ދައްކާނީ މަޢުޟޫޢު އާ ދެކޮޅަށެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އޮޑިޓޯރިއަމްގައި ކުރިއަށްދާ، މި ބަހުސް މުބާރާތް ބައްލަވައި ލެއްވުމަށް އެމް.އެން.ޔޫ ގެ އިސްވެރިންނާއި ޑީނުން އަދި އެމް.އެން.ޔޫ ގެ އެތައް ދަރިވަރުންނަކާއި ލެކްޗަރަރ އިން ޙާޒިރުވެ ތިބޭކަން ފާހަގަ ކުރަމެވެ.
ލިޔުނީ: ނަޒީމް ނައުޝާދު، މީޑިއަރ ކޯޑިނޭޓަރ، ސިއާ