ކުރީއަހަރުތަކެކޭވެސް އެއްފަދައިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފަރާތުން އިންތިޒާމުކޮށްގެން ”އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީީ ބަހުސް މުބާރާތް 2018″ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
2018 އޮކްޓޯބަރ 07ވީ އާދީއްތަދުވަހުގެ ހަވީރު 04.00ގައި އެމް.އެން.ޔޫ B3-X ގައި ބޭއްވުނު މި ގުރުއަތުލުމުގައި، މުބާރާތުގައި ބައިވެރިވި 4 ޓީމުގެ މެނޭޖަރުންނާއި، އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގެ ބައެއް މެންބަރުންގެ އިތުރުން މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލުގެ ބައެއް މެންބަރުންވެސް ބައިވެރިވެފައިވެއެވެ.
މުބާރާތުގައި ބައިވެރިވެފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ)، ފެކަލްޓީ އޮފް އާރޓްސް (އެފް.އޭ)، އަދި ސްކޫލް އޮފް ނާރސިންގ (އެސް.އެން)ގެ އިތުރުން އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ.
މުބާރާތުގެ ޤަވާޢިދާއި ޝެޑިއުލް މި ވެބްސައިޓްގެ ޑައުންލޯޑްސް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
ލިޔުނި: މުހައްމަދު ޝާން ޢާމިރު
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ