Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Home ރިޕޯޓްސް މެއިން ރިޕޯޓްތައް

ރިޕޯޓް: އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2019-11-25
in މެއިން ރިޕޯޓްތައް
2 ބިޒްނަސް ސްކޫލުގެ ކުރިމަތިލުން އެމް.ބީ.އެސްއިން ކާމިޔާބުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު ޙަރަކާތަކީ ”އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ“ އެވެ. މީގެ 7 އަހަރުކުރިން ފެށި މި މުބާރާތަކީ އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ ދުވަސްވީ ޙަރަކާތެވެ. އަދި މި ޖަމިއްޔާގެ އެންމެ ޝަރަފުވެރި އެއް ޙަރަކާތްވެސްމެއެވެ. މި މުބާރާތް ސިލްސިލާގޮތެއްގައި 6 ފަހަރު ބޭއްވިފައިވާއިރު، 2019 ސެޕްޓެމްބަރ 12ވީ ބުރާސްފަތިދުވަހުގެރޭ ވަނީ ފެށިފައެވެ.

ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2018ގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

2013 ވަނަ އަހަރު މި މުބާރާތް ބޭއްވުނީ ޓައިޓްލް ސްޕޮންސަރަކާ ނުލައެވެ. އެ އަހަރު އެންމެ ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ދެއްވީ މިހާރުވެސް އެމް.އެން.ޔޫ.އެސް.ޔޫގެ ހުރިހާ ހަރަކާތެއްގައިވެސް އެންމެ ކައިރިން މަސައްކަތް ކުރާ އެއް ފަރާތް ކަމަށްވާ ”ރެޑްބުލް މޯލްޑިވްސް“އިންނެވެ. އޭރު މި މުބާރާތުގައި އޮންނަނީ ފިރިހެން ޑިވިޝަން އެކަންޏެވެ. މުބާރާތް ހުޅުވާލެވިފައި އޮންނަނީ އެމް.އެން.ޔޫގެ ފެކަލްޓީ/ސެންޓަރތަކަށާއި، އެހެނިހެން ކޮލެޖު/ޔުނިވަރސިޓީތަކުގެ އިތުރުން ހައި ސްކޫލްތަކަށެވެ. ކޮންމެ ބަޔަކުވެސް އެއްޓީމު ބައިވެރިކުރާ ގޮތަށެވެ. މުބާރާތުގެ ފުރަތަމަ ތަށި އުފުލާލީ ފެކަލްޓީ އޮފްް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގ (އެފް.އެމް.ސީ)، މިހާރުގެ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުންނެވެ.

އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ


2014 ވަނަ އަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ އެސް.ޓީ.އޯގެ ބްރޭންޑެއް ކަމަށްވާ ”މަކިޓާ“ އެވެ. ”މަކިޓާ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2014“ ވެސް ކާމިޔާބު ކުރީ ފެކަލްޓީ އޮފް މެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގ (އެފް.އެމް.ސީ)އިންނެވެ.

ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2018 | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ


2015 ވަނަ އަހަރުގެ މުބާރާތުގެ ޓައިޓްލް ނެގީ ދިރާގުންނެވެ. ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2015ގެ ޗެމްޕިއަންކަން ހޯދީ އެމް.އެން.ޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަނުންނެވެ.

އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ


ލިޓަސް އިން 2016 ވަނަ އަހަރުގެ ޓައިޓްލް ސްޕޮންސަރކަން ނެގިއިރު، ލިޓަސް އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ ކާމިޔާބުކޮށް ތަށި އަނބުރާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުން ގެންދިޔައެވެ. މިއީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުން ޗެމްޕިއަންކަން ހޯދި 3 ވަނަ ފަހަރެވެ.

އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019ގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ


2017 ވަނަ އަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ކަމަށްވާއިރު، އެމް.ޕީ.އެލް އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2017 ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް އެމް.އެން.ޔޫ އިން ބޭރަށް މުބާރާތުގެ ތަށި ގެންދިޔައީ އެމް.އައި ކޮލެޖުންނެވެ. ފައިނަލުގައި ބައްދަލުކުރީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) އެވެ.

އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019ގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ


2018 ވަނަ އަހަރަކީ މުބާރާތަށް މުޅީން އަލަށް އަންހެން ޑިވިޝަން ތަޢާރަފު ކުރެވުނު އަހަރެވެ. މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގު ކަމަށްވާއިރު، މިއީ ދިރާގުން މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރކަން ކުރި 2 ވަނަ ފަހަރެވެ. މި މުބާރާތުގައި ފިރިހެން ޑިވިޝަނުން ޖުމްލަ 18 ޓީމު އަދި އަންހެން ޑިވިޝަނުން ޖުމްލަ 12 ޓީމާއެކު، މުޅި ޖުމްލަ 30 ޓީމު ބައިވެރިވިއިރު، މިއީ މި މުބާރާތުގެ ތާރީޚުގައި އެންމެ ގިނަ ޓީމު ބައިވެރިވި ފަހަރެވެ. ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2018ގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ވާދަކުރީ އެވިޑް ކޮލެޖް އަދި ކްލިކް ކޮލެޖެވެ. އެވިޑް ކޮލެޖް ބަލިކޮށް މުބާރާތުގެ އަންހެން ޑިވިޝަނުގެ ތާރީޚީ ފުރަތަމަ ތަށި އުފުލާލީ ކްލިކް ކޮލެޖުންނެވެ. ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ޖެހިޖެހިގެން 2 ވަނަ ފަހަރަށް އެމް.އެން.ޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) ވާދަކުރިއިރު، އެފަހަރުވެސް ތަށި އުފުލާލެވޭނެ ގޮތެއް ނުވިއެވެ. އެފް.އެޗް.ޓީ.އެސް ބަލިކޮށް ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ މެޕްސް ކޮލެޖުންނެވެ.

އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019 ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ


2019 ވަނަ އަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އެވެ. އެމް.ޑަބްލިއު.އެސް.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2019ގައި ފިރިހެން ޑިވިޝަނުން 15 ޓީމު އަދި އަންހެން ޑިވިޝަނުން 12 ޓީމު ވާދަކުރެއެވެ. މިފަހަރު، މިދިޔަ އަހަރުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަން ކްލިކް ކޮލެޖް އަންހެން ޑިވިޝަނުގައި ބައިވެރިނުވާކަން ފާހަގަކޮށްލެވެއެވެ. މިފަހަރު މުބާރާތުގައި ފެންނާނެ އެންމެ ބޮޑު އެއް ބަދަލަކީ މުބާރާތުގެ ކުރީގެ ޗެމްޕިއަނުންގެ ޖާޒީން ފެންނާނެ ބެޖެވެ. މި ބެޖުން އެ ޓީމަކީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެއްކަމާއި، ޗެމްޕިއަންކަން ހޯދީ ކިތައް ފަހަރުކަން އެނގޭނެއެވެ.


ލިޔުނީ: އާމިނަތު ޝަމާ،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ

Tags: postnow
އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ޔޫނިއަން ވެބްސައިޓް ފަރުމާކޮށް ބެލެހެއްޓުން ކޯޑްލެބަށް

ޔޫނިއަން ވެބްސައިޓް ފަރުމާކޮށް ބެލެހެއްޓުން ކޯޑްލެބަށް

2020-12-02
ސަޕޯޓަރުންގެ އެހީއާއިއެކު ބްރެކެޓް ޗެލެންޖު ދަގަނޑޭ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި

ސަޕޯޓަރުންގެ އެހީއާއިއެކު ބްރެކެޓް ޗެލެންޖު ދަގަނޑޭ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި

2020-11-30
ދަގަނޑޭގެ ކެމްޕެއިނުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ބައިވެރިވަނީ

ދަގަނޑޭގެ ކެމްޕެއިނުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ބައިވެރިވަނީ

2020-11-23
އެމް.އެން.ޔޫ.އެސް.ޔޫ ގެ ރަސްމީ ޓެލެގްރާމް ޗެނަލް އިފްތިތާހު ކޮށްފި

އެމް.އެން.ޔޫ.އެސް.ޔޫ ގެ ރަސްމީ ޓެލެގްރާމް ޗެނަލް އިފްތިތާހު ކޮށްފި

2020-11-23
ދަތި އުނދަގޫ ހާލަތުގައި ޔޫނިއަންގެ ހަރަކާތްތަކަށް މަޑުޖެހުމެއް ނައިސް ކުރިއަށް ގޮސްފައިވަނީ ޝަމްޢޫން އާއި އޭނާގެ ޓީމުގެ ކުޅަދާނަ ކަމުން: ޝާން

ދަތި އުނދަގޫ ހާލަތުގައި ޔޫނިއަންގެ ހަރަކާތްތަކަށް މަޑުޖެހުމެއް ނައިސް ކުރިއަށް ގޮސްފައިވަނީ ޝަމްޢޫން އާއި އޭނާގެ ޓީމުގެ ކުޅަދާނަ ކަމުން: ޝާން

2020-11-15

ޝުކުރުގެ ޙައްޤުވެރިންނަށް ޝުކުރު ބަރުތީލަކޮށް އެމް.އެން.ޔޫ.އެސް.ޔޫގެ 8 ވަނަ ދައުރުގެ ރައީސް ޢަލީ ޝަމްޢޫން ވާހަކަފުޅު ދައްކަވައިފި!

2020-11-13
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab