މިދިޔަ 18 އޭޕްރިލް 2019 ވީ ބުރާސްފަތި ދުވަހުގެރޭ، ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ބޭއްވުނު އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތައް އިފްތިޠާޙް ކުރުމުގެ ޖަލްސާގައި ވަނީ 7 ފަރާތަކަށް ”އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ޝަރަފްވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާންގެ ވެރިޔާ“ގެ ލަޤަބު އެރުވިފައެވެ.


މި ޝަރަފަކީ ވޭތުވެދިޔަ 2018 ވަނަ އަހަރު ތަޢާރަފް ކުރެވިފައިވާ ލަޤަބެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންއަށް ތަފާތު އެކި ރޮނގު ރޮނގުން ދެމިހުންނަނިވި ގޮތުގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން އަންނަ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް އެރުވޭ ޝަރަފުގެ މަޤާމެކެވެ. ހަމައެހެންމެ މިއީ އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން އެރުވޭ އެންމެ މަތީ ޝަރަފެވެ.
މި ރަސްމިއްޔާތުގައި ”އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ޝަރަފްވެރިކަމާއި ޢިއްޒަތްތެރިކަމުގެ ނިޝާންގެ ވެރިޔާ“ ގެ ލަޤަބު އެރުވިފައިވާ ފަރާތްތަކަކީ:
- ފިއުލް އެކްސްޕްރެސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ – އަލްފާޟިލް މުޙައްމަދު ޝިޙާބު، އާސްމާނުވިލާ / ލ. އިސްދޫ
- އެމް.އެން.ޔޫ.އެސް.ޔޫ ގެ ކުރީގެ ނައިބު ރައީސް (ޢަމަލީ) -–އަލްފާޟިލް ޙުސައިން ފަޟީލް، ހ.ސެނާ / ކ.މާލެ
- އެމް.އެން.ޔޫ ވޮލީ ފިރިހެން ޓީމްގެ ކެޕްޓަން – އަލްފާޟިލް ޙަސަން މޫސާ، ފެންފިޔާޒްގެ / އއ.ބޮޑުފުޅަދޫ
- އެމް.އެން.ޔޫ ވޮލީ ފިރިހެން ޓީމުގެ ކޯޗު – އަލްފާޟިލް ޚާލިދު މުޙައްމަދު، ރޯޝަނީވިލާ / އއ. ބޮޑުފުޅަދޫ
- އެމް.އެން.ޔޫ ކުރީގެ ދަރިވަރު އަދި ރެޑްބުލްގެ ސްޕޯޓްސް އެންޑް އިވެންޓްސް ސްޕެޝަލިސްޓް – އަލްފާޟިލް އިބްރާހިމް މަފާޒް، މުރިނގު / ކ. ކާށިދޫ
- ރެޑްބުލް ކަންޓްރީ މެނޭޖަރ – އަލްފާޟިލް ޙުސައިން އަމީން، މ.ޕޮމްޕިޔާ / ކ. މާލެ
- އެމް.އެން.ޔޫ.އެސް.ޔޫ ގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރ – ޢަލްފާޟިލް ޢަލީ ޢަމީރު، ލަކީސްޓަރ / ދ. ބަނޑިދޫ
މި ލަޤަބުތައް އެ ބޭފުޅުންނަށް އަރުވާފައިވަނީ އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ ރައީސް އަލްފާޟިލް އަރުޝަދު އަޝްރަފެވެ. ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ޝަރަފުތައް އަރުވާ ބޭފުޅުންގެ ނަންތައް ދަރިވަރުންގެ ޔޫނިއަންގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެއެވެ.
ލިޔުނީ: އާމިނަތު ރައުދާ
އެސިސްޓެންޓް ސެކްރެޓަރީ, އެމް.އެން.ޔޫ.އެސް.ޔޫ