އެހެން އަހަރުތަކެކޭވެސް އެއްފަދައިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ބަހުސް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
”އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ބަހުސް މުބާރާތް 2018″ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހުޅުވާލާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީތަކަށެވެ. މިގޮތުން އެމް.އެން.ޔޫ.އެސް.ޔޫގެ ގޮތްޕެއް ޤާއިމުކޮށްފައިވާ ކޮންމެ ފެކަލްޓީއަކަށްވެސް ކުރިމަތިލުމުގެ ފުރުޞަތު އޮންނާނެއެވެ. މުބާރާތުގައި ޓީމު ބައިވެރިކުރާނީ އެ ފެކަލްޓީއެއްގައި އޮންނަ ގޮތްޕެއްގެ ފަރާތުންނެވެ.
މުބާރާތުގައި އެއް ފެކަލްޓީއަކުން ބައިވެރިކުރެވޭނީ 1 ޓީމު ނުވަތަ 2 ޓީމެވެ. މުބާރާތުގެ ޤަވާޢިދާއި ބައިވެރިވުމަށް އެދޭ ފޯމު މި ވެބްސައިޓުގެ ޑައުންލޯޑްސް ޕޭޖުން ލިބޭނެއެވެ. ފޯމުލުމުގެ ސުންގަޑިއަކީ 3 އޮކްޓޯބަރ 2018ވާ ބުދަދުވަހުގެރޭ 09.00 އެވެ. ފޯމު ހުށަހަޅާނީ އެމް.އެން.ޔޫ.އެސް.ޔޫގެ އޮފީހަށެވެ.
މުޙައްމަދު ޝާން ޢާމިރު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ