ފޯރިގަދަކަމާއިއެކު ކުރިއަށް ހިނގަމުންދާ އެމްޑަބްލިއުއެސްސީ. އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާގައި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއިން މިފަހަރުވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކާލި ދެޓީމެއް ނެރެފައެވެ. ގްރޫޕް ސްޓޭޖްއިން ވަކިވާން ޖެހުނު ކަމުގައިވިޔަސް އެފްއެޗްޓީއެސްގެ ދަރިވަރުންނަކީ ޖޯޝާއި ފޯރިއަށް ބަދަލެއް އަންނަ ދަރިވަރުންތަކެއް ނޫންކަން ޔަގީނެވެ. އަދި ހަމަ އެހެންމެ މިފަދަ ފޯރިގަދަ ދަރިވަރުންތަކެއް ކުރާ ކޮންމެ ކަމެއްގައި ގުޑުމެއްނެތި ހިތްވަރު ދެއްވާ ބޭފުޅުންނަށް ޝުކުރު އަދާކުރުން ޙައްގެވެ.
އެފްއެޗްޓީއެސްގެ މެނޭޖްމަންޓަކީ އެފްއެޗްޓީއެސްގެ ދަރިވަރުންގެ ކުރިއެރުމަށްޓަކައި ކުރެވެންއޮތް ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ހިތްވަރުގަދަ ޓީމެކެވެ. މިއަހަރުގެ ފުޓްސަލް ފިއެސްޓާގައިވެސް އެފްއެޗްޓީއެސްގެ މެނޭޖްމެންޓްއިންވަނީ ފުރިހަމަ އެއްބާރުލުން ދެއްވާފައެވެ. މިގޮތުން އަޅުގަނޑުމެންގެ އަންހެން ޓީމްގެ ޖާޒީބައި ހޯދުމުގެ ހުރިހާ މަސައްކަތެއް ކޮށްދެއްވާފައިވާއިރު،ކޮންމެ ވަގުތެއްގައިވެސް ޓީމަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްވެސް ފަސްޖެހުމެއް ޝަކުވާއެއްނެތި މެނޭޖްމެންޓްގެ ބޭފުޅުން ވަނީ ހޯއްދަވާދެއްވާފައެވެ.
އެފްއެޗްޓީއެސްގެ ޓީމުތަކަށް ސަޕޯޓްކުރުމުގައި ފެކަލްޓީގެ މެނޭޖްމެންޓްގެ ބޭފުޅުން އަމަލީ ގޮތުން ބައިވެރި ވެފައިވާކަން އުފަލާއިއެކު ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން، އެފްއެޗްޓީއެސްގެ ހީވާގި ޑީޏްވަނީ ބުރަކޮށް އުޅުއްވަމުންވެސް ވަގުތު ހޯއްދަވައިގެން ފުރަތަމަ ދެމެޗަށް ސަޕޯޓްކުރަން ވަޑައިގަންނަވާ، މެހެމާނުންގެ ގޮނޑިކޮޅު ދޫކޮށް ފެކަލްޓީގެ ދަރިވަރުންނާއިއެކު ސަޕޯޓްކުރެއްވުމުގައި ޖޯޝާއި ފޯރީގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. މިއީ އަޅުގަނޑުމެން ހުރިހާ ދަރިވަރުންވެސް އުފަލާއިއެކު ބަލައިގަނެ، ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާ ކަމެކެވެ.
އެހެންކަމުން އެފްއެޗްޓީއެސްގެ ޑީންއަށާއި، އެފްއެޗްޓީއެސް ހިންގަވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުމެން ހުރިހާ ދަރިވަރުންގެ ފަރާތުން ޝުކުރު އަދާ ކުރަމެވެ.
ލިޔުނީ: ފާތިމަތު ރިފްޤާ
ސެކްރެޓަރީ,ޝެޓްސް