ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ބައެއް ގޮފިތަކުގެ ހިންގާ ކޮމިޓީން ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބުކޮށް، އެ މެންބަރުންނަށް މަޤާމަށް ޢައްޔަނުކުރިކަމުގެ ލިޔުން ދެއްވައިފިއެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2018ގެ ނިންމުމުގެ ރަސްމިއްޔާތުގައި، އަލަށް އިންތިޚާބުވި މެންބަރުންނަށް ލިޔުން ޙަވާލުކޮށްދެއްވީ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ ޢާއިޝަތު ޝާހީން އަދި ޑީން އޮފް ސްޓޫޑެންޓްސް އަލްފާޟިލާ ނާދިޔާ އަޙްމަދެވެ.
އަލަށް އިންތިޚާބުވި މެންބަރުން:
ނިއަރެސް:
ރައީސް – މުޙައްމަދު އާދަމް
ނައިބު ރައީސް (ޢިލްމީ) – އާމިނަތު ނަޒީހާ
ނައިބު ރައީސް (އަމަލީ) – ޢާއިޝަތު އަޒުމީލާ
ޚަޒާންދާރު – ފާޠިމަތު ޝިއުނާ
މީޑިއާ ކޯޑިނޭޓަރ – ޢާއިޝަތު ޖުމާނާ
ސެކްރެޓަރީ – ޢާއިޝަތު އީނާސް


ބީ.އެސް.އެސް.އޭ:
ނައިބު ރައީސް (އަމަލީ) – ޙަމްދާން ޙަސަން
މީޑިއާ ކޯޑިނޭޓަރ – ފާޠިމަތު ޒަހުރާ


ތަރަޙަ:
ނައިބު ރައީސާ (ޢިލްމީ) – ޢާއިޝަތު ސަޚާ މުޙައްމަދު
ޚަޒާންދާރު – މަރިޔަމް ރިފްޝާ


ސިއާ:
މީޑިއާ ކޯޑިނޭޓަރ – ނަޒީމް ނައުޝާދު


މި ހުރިހާ މެންބަރުންނަށް އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ކާމިޔާބު ދައުރަކަށް އެދެމެވެ.
ލިޔުނީ: މުޙައްމަދު ޝާން ޢާމިރު،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ