ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަން އަދި ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ގޮފި އެސް.އެސް.އެލް ގުޅިގެން ބޭއްވި އެމް.އެން.ޔޫ.އެސް.ޔޫ އެސް.އެސް.އެލް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ. ނަތީޖާ ފާޅުކުރުމުގެ މި ރަސްމިއްޔާތު ބާއްވާފައިވަނީ 10 މެއި 2018 ވީ ބުރާސްފަތި ދުވަހުގެރޭ ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒް އޮޑިޓޯރިއަމްގައެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އެސް.އެސް.އެލް ޤުރުއާން މުބާރާތުގައި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި އެފް.އީ އިން ބައިވެރިވި ދަރިވަރުންވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އެގޮތުން މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 1ވަނަ 2ވަނަ އަދި ހިތުން ކިޔެވުމުގެ ގޮފިން 2 ވަނަ ހޯދާފައިވަނީވެސް ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ދަރިވަރުންނެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން 1ވަނަ ބެޗެލާރސް އޮފް އާރޓްސް އިން ޓީޗިންގ އިންގްލިޝް އޭޒް އަ ފޮރިންލޭންގުއޭޖްގެ ދަރިވަރު މަމްދޫހާ އަބްދުލް އަޒީޒް ހޯދާފައިވާއިރު 2ވަނަ ހާސިލްކޮށްފައިވަނީވެސް ހަމަ މި ބެޗްގެ ދަރިވަރު އާމިނަތު ހުމައިދާއެވެ. ހިތުން ކިޔެވުމުގެ ގޮފިން 2 ވަނަ ހާސިލްކޮށްފައިވަނީ ބެޗެލާރސް އޮފް ޓީޗިންގ ސެކަންޑްރީގެ ދަރިވަރު ޝައްފާން ފާއިގްއެވެ. މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 1ވަނަ ފެކަލްޓީ އަކަށް ހޮވިފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންއެވެ.


ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅު ކުރެވުނު ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރެޖިސްޓްރާ ސައުދުﷲ ސަރ ދަރިވަރުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ޤުރުއާން ކިޔެވުމަށާއި ދީނުގެ އަޅުކަންތަކަށް އދާކުރުމުގައި ފަރުވާތެރި ވުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.