Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • ކޮލަަމް
    • އިނާމުތައް
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • ކޮލަަމް
    • އިނާމުތައް
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • ކޮލަަމް
    • އިނާމުތައް
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • ކޮލަަމް
    • އިނާމުތައް
Home ގޮފިތައް ސިއާ

ރިޕޯޓް: އެއްވަނައިގެ ލަޤަބު – ’ކަރަންކާ‘ !

SIA mnusu by SIA mnusu
2019-10-10
in ސިއާ

މި އަހަރުގެ ރަބީޢުލް އައްވަލު މަހުގެ 1 ވަނަ ދުވަހަކީ މި އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހެވެ. މި ދުވަހަކީ ދިވެހިން، ޕޯޗްގީޒުންގެ އަތްދަށުގައި 15 އަހަރާއި 6 މަސް ދުވަސް ވަންދެން އަނިޔާވެރިކަމާއި އަޅުވެތިކަމުގައި އޮތް އޮތުން ނިމުމަކަށް އައި ދުވަހެވެ. ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވިތާ 460 އަހަރު ވާއިރު، ޤައުމީ ދުވަސް ފާހަގަ ކުރާތާ މިއީ 76 ވަނަ އަހަރެވެ. އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުން ފާހަގަކުރެވޭ މި ދުވަހަކީ ރާއްޖޭގައި ފާހަގަ ކުރާ ދުވަސްތަކުގެ ތެރެއިން  އެންމެ ގިނަ ދުވަސްވީ ދުވަސްވެސްމެއެވެ. އެ ދުވަހު މުޙައްމަދު ތަކުރުފާނު އިސްނަންގަވައި ޕޯޗްގީޒުންނާއި ކުރިމަތި ނުލިނަމަ މި މިނިވަންކަން އަޅުގަނޑުމެންނާ ހިސާބަށް އައިސް ހެއްޔެވެ؟ ކަން މިހެން އޮތް އިރު ދިވެހިރާއްޖޭގައި  ފާހަގަ ކުރާ ދުވަސްތަކުގެ ތެރެއިން މިއަށްވުރެ މުހިއްމު، ހައިބަތު ބޮޑު ދުވަހެއް އެބައޮތްތޯއެވެ؟

ދުނިޔޭގެ އެކި ޤައުމުތަކުގައި، އެ މީހުންގެ ޤައުމީ ދުވަސް ފާހަގަ ކުރަނީ އެ ގައުތަކުގެ ޚާއްސަ ކޮންމެވެސް ކަމަކާއި ގުޅުވައިގެންނެވެ. މި ޤައުމުގެ މިނިވަންކަމާއި އަމިއްލަ ވަންތަކަން ހިމާޔަތްކުރުމުގެ އަގުބޮޑު ޒިންމާ އަކީ މި ޖީލުގެ ދަރިންގެ ވާޖިބެކެވެ. މި ޤައުމު ރައްކާތެރިކޮށް ކުރިއެރުވުމަކީ މި ޖީލުގެ ދަރިންގެ ބޮލުގައި އެޅިފައިވާ ދަރަންޏެކެވެ. އެހެންކަމުން ޤައުމީ ޔުނިވަރސިޓީގައި ކިޔަވަމުންދާ ނުވަތަ ކިޔެވުން ހާސިލު ކޮށްފައިވާ ކޮންމެ ދިވެހި ދަރިއަކީ ވެސް ޤައުމު އެދި ގޮވާލި ކޮންމެ ކަމަކަށް ވެސް ތައްޔާރަށް ތިބި ބަޔަކަށް ވާން ޖެހެ އެވެ. ޤައުމަށް ކޮށްދެވޭނީ ކޮންކަމެއް ތޯ، ހޯދައި ބަލައި، ޚިދުމަތް ތަކެއް ކުރާނެ ބަޔަކު ކަމުގައި ވާން ޖެހެއެވެ.

ޤައުމީ ދުވަހުގެ ވާހަކަ ދެކެވެމުން ދާއިރު ޤައުމެއްގައި އޮންނަ އެންމެ އަގު ބޮޑު އެކައްޗަކީ ހަމަގައިމުވެސް އެބަޔަކު ވާހަކަދައްކާ، ލިޔެ ހަދާ ބަހާއި، ބަހުރުވަ ކަން ޔަޤީނެވެ. ޤައުމީ ދުވަސް ފާހަގަ ކުރެވެނީ ސީދާ ބަހާއި ޘަޤާފަތް ދިރުވާ އާލާ ކުރުމުގެ ގޮތުން ނޫންކަމުގައި ވިޔަސް، ޤައުމެއްގެ ޤައުމީ ވަންތަކަން ދައްކުވައިދޭނެ އެކައްޗަކީ އަމިއްލަ ބަހެވެ. ވާހަކަ ދައްކަން އަދި ލިޔަން އަމިއްލަ ބަހަކާއި އަކުރު ތަކެއް އޮތުމަކީ އަމިއްލަވަންތަކަމާއި  އެއްބައިވަންތަކަން ދައްކުވައިދޭ ބާރުގަދަ ހެއްކެކެވެ.

އެހެން ކަމުން ސިއާ އިން ޅެން ހެދުމުގެ މުބާރާތް 2019 މި ފަހަރު އެމް.އެން.ޔޫގެ ދަރިވަރުންނަށް ހުޅުވާލީ މި އަގުހުރި ޤައުމީ ދުވަހުގެ މުނާޞަބަތާއި ގުޅުވައިގެންނެވެ. މީގެ އިތުރުން ދުނިޔޭގެ ފަންނުވެރިންގެ ދުވަސް 2019 ވެސް ފާހަގަ ކުރުމުގެ ގޮތުންނެވެ. މިއީ ފަންނުވެރިންގެ ދުވަހާއި ގުޅުވައިގެން ސިއާ އިން އިޢުލާން ކުރި ތިން ވަނަ މުބާރާތެވެ. ފާއިތުވެދިޔަ އަހަރު ސިއާ ޅެން ހެދުމުގެ މުބާރާތް ބޭއްވީ ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހާއި ގުޅުވައިގެންނެވެ. މި އަހަރުގެ ކިޔެވުން މާރިޗް މަހު ފެށުމުގެ ސަބަބުން އެ ދުވަސް ވަނީ ފާއިތުވެ ގޮއްސައެވެ. އެހެން ކަމުން ކޮންމެ އަހަރަކުވެސް ބާއްވާ ގޮތައް މިދިޔަ އަހަރު ބާއްވަން ފެށި މި މުބާރާތް އޮކްޓޯބަރ 31 ގެ ނިޔަލަށް ޅެން ހަދާފައި ފޮނުވުމަށް އިއްޔެ އިޢުލާންކޮށް ހުޅުވާލީ ކުރީ އަހަރެކޭ ވެސް އެއްގޮތަށް އެމް.އެން.ޔޫގެ ހުރިހާ ދަރިވަރުންނަށެވެ.

ދިވެހި ބަހާއި ޅެންވެރިކަން ދިރުވާ އާލާ ކުރުމުގެ މަޤްސަދުގައި ހުޅުވާލި މި މުބާރާތަށް ގިނަ އަދަދެއްގެ ޅެން ލިބޭނެ ކަމުގެ އުއްމީދު ކުރެވެއެވެ. ސަބަބަކީ މިހާރު ވަރަށް ގިނަ އަދަދެއްގެ ޒުވާން ޅެންވެރިން ރާއްޖޭގައި ތިބުމެވެ. އަދި އުފެދެމުން ދިޔުމެވެ. ދިވެހި ޅެންވެރި ކަމުގެ ދުނިޔޭގައި “ އޯކިޑް'“ ނަމުގައި މަޝްހޫރުވެފައިވާ މުހައްމަދު އަމީން ދީދީ މެން ފަދަ ބޭފުޅުންގެ މަސައްކަތްޕުޅުތަކުން ނަމޫނާ ނަގައިގެން ދިވެހި އަދަބީ ބަގިޗާ ދިރުވާ އާލާކުރުމަށް ނިކުމެ ތިބި އެތައް އަދީބުންނަކާއި ޅެންވެރިންނެއް ތިބުމެވެ.

ދަރިވަރުންގެ ޔޫނިއަންގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ދަރިވަރުންގެ އެކި ފަންނުތައް ކުރިއަރުވާ ދެމެހެއްޓުމެވެ. އެގޮތުން މި މުބާރާތުންވެސް ޔުނިވަސިޓީ ގެ ދަރިވަރުންގެ މެދުގައި ޅެންވެރިކަމަށް ހިތްޖައްސުވައި، ޅެން ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހިތްވަރު ލިބި ޅެންވެރި ކަމުގެ ފަންނު ތަރައްޤީ ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވާނެއެވެ.  ޅެންވެރިކަމުގެ  ފަންނަކީ ކޮންމެ މީހެއްގެ ކިބައިގައި ހުންނަާނެ ފަންނެއް ނޫންކަމުގައި ވިޔަސް، މިއީ ކޮންމެ މީހަކަށްވެސް ދަސްކުރެވިދާނެ ފަންނެކެވެ. މި ހުނަރުވެރި ފަންނުގެ ސަބަބުން، ސިއާ ޅެން ހެދުމުގެ މުބާރާތް 2019 ގެ އެއްވަނަ އަށް ހޮވޭ ފަރާތްތަކަށް ނުވަތަ ފަރާތަކަށް ދޭން ނިންމާފައިވާ ލަޤަބަކީ ’ކަރަންކާ‘ އެވެ.

ކަރަންކާ

މި އުޅެނީ ކުރިން ރެއާލް މެޑްރިޑްގެ ކޯޗުކަން ކޮށްދިން ’ކަރަންކާ‘ ގެ ލަޤަބު ދޭކަށް ނޫނެވެ.މި އުޅެނީ އޯކިޑް އަދި ޑޭޒީމާ ފަދަ ދިވެހި ޅެންވެރިކަމުގެ ބަގީޗާގައި އަބަދުވެސް އަޑު އިވޭ ނަންތައް ފަދައިން ޅެންވެރިކަމުގެ ބަގީޗާއަށް އިތުރު މަލެއް އުފަން ކުރާށެވެ.. ޤައުމީ ޔުނިވަރސިޓީގައި އޮންނަ މި ފަދަ މުބާރާތެއްގެ އެއްވަނަ އަށް ’ކަރަންކާ‘ ގެ ލަޤަބު ފިޔަވައި އެހެން ވަކި މޮޅު ލަޤަބެއް ދެވޭނެހެންނެއް ހިޔެއް ނުވެއެވެ. އެއިީ…

ކަރަންކާ އަކީ ތެތްކަން ގަދަ މަޑު ފިނި ބިމެއްގައި ހެދޭ ގަހެކެވެ. މި ގަހަކީ ގިނަ އަހަރުތަކެއް ވަންދެން މަރުނުވެ ހެދޭ މި ގަހުގެ ބުޑުން ނިރުތައް ނިކުމެ ވަރަށް އަވަހަށް ގިނަވާ ގަހެކެވެ.މި ފަހުން ނިކުންނަ ފަސް ފިޔައިގެ ހުދުމަލަކީ ކަރަންކާ މަލެވެ. ހިތްފަސޭހަ މީރުވަހެއް ދުވާ މި މާ ބޭނުންކުރާނީ އަންހެނުންގެ ބޮލުގެ ހުޅި ޒީނަތްތެރި ކުރުމަށެވެ. އަދި މީގެ ފަތް ކޮށައިގެން ކެއްކުމަށްފަހު ފަންޏެއްގެ ގޮތުގައި ވެސް ބޭނުންކުރެއެވެ. ކަންމިހެން އޮތްއިރު މި މުބާރާތުގެ އެއްވަނަ އަށް ’ކަރަންކާ‘ ގެ ލަޤަބު ދޭން ނިންމީ ޅެންވެރިކަމާއި ޢިލްމީ ގޮތުން ތެތްކަން ލިބި އެމީހެއްގެ ފަރާތުން އެތައް ބަޔަކަށް އެ ފަންނު ފޯރުކޮށްދެވޭނެތިއެވެ. ގިނަ ދުވަސްތަކެއް ވަންދެން މިސާލު ޖެހޭ ގިނަ ޅެންވެރިން ތަކެއް މި ފަންނަށް އުފަން ކޮށްދޭނެތީއެވެ. އެ މަސައްކަތުގެ މީރު ހުވަނދުން މީހުންގެ ހިތްތަކަށް ފޮނިކަމާއި ފަސޭހަކަން ގެނެސްދޭނެތިއެވެ. ޅެންވެރިކަމުގެ ދުނިޔެއަށް އެތައް ޅެމެއް ހަދައި ދިވެހި ތާރީޚު ޒީނަތްތެރި ކޮށްދޭނެ ކަމުގެ ފުރިހަމަ އުއްމީދުގައެވެ.

ސިއާ ޅެން ހެދުމުގެ މުބާރާތް 2019 ގައި ޅެން ހަދަންޖެހޭ ވަކި މައުޟޫއެއް ނޯންނާނެއެވެ. ދަރިވަރަކު ބޭނުންވާ ކޮންމެ މައުޟޫއަކަށް ވެސް ޅެން ހެދޭނެ އެވެ. އެހެން ނަމަވެސް ރާއްޖޭގެ ޤާނޫނާއި ގަވާއިދުގެ ހަމަތަކާއި އުޞޫލުތަކަށް ނުފެތޭގޮތަައް ހެދިފައިވާ އެއްވެސް ޅެމެއް ހުށައެއްނޭޅޭނެއެވެ. އެހެންކަމުން މައިގަނޑަކާއި، މަދުވެގެން 7 ބައިތާއި އެކު ޅެމެއް ހެދުމަށްފަހު ސިއާ ގެ މެއިލް sia.mnu.studentunion@gmail.com އަށް މެއިލް ކޮއްލަންވީއެވެ. ނުވަތަ ހާޑް ކޮޕީ ހުށަހަޅަން ބޭނުން ނަމަ އެފް.އޭ ގެ އޮފީހަށް ހާޑު ކޮޕީ ހުށަހެޅޭނެއެވެ. މި މުބާރާތުގެ ޤަވާޢިދު އެމް.އެން.ޔޫ.އެސް.ޔޫ ގެ ވެބްސައިޓްގެ ޑައުންލޯޑު ބައިން ލިބޭނެއެވެ.

ސިއާ ޅެން ހެދުމުގެ މުބާރާތް 2018 އިން ދެވަނަ

2018 ވަނަ އަހަރު މި މުބާރާތުގެ އެއްވަނަ އަދި ދެވަނަ ވެސް ހޯދާފައިވަނީ ފެކަލްޓީ އޮފް އާރޓްސް ގައި ދިވެހި ބަހުގެ ކޯސް ހަދަމުންދާ ދެ  ދަރިވަރުންނެވެ. އެއްވަނަ ހޯދީ ސާމިޔާ އަޙްމަދު ވަޙީދުއެވެ. ދެވަނަ ހޯދާފައިވަނީ ޢާއިޝަތު ހުސައިން މަނިކުއެވެ. ތިން ވަނަ ހޯދާފައިވަނީ އަޅުގަނޑުމެންގެ ޔޫނިއަންގެ މިހާރުގެ ރައީސް މުޙައްމަދު ޝާން އާމިރު އެވެ. އިންޖިނިއަރިންގ ކޯހެއް ހަދަމުން ދިޔަ ކަމުގައި ވިޔަސް ރައީސް ޝާން އަކީ ޅެން ހެދުމަށް ލޯބި ކުރާ ފަރާތެކެވެ. ވަނަ ވަނައަށް ދާ ފަރާތްތަކަށް މިއަހަރުވެސް އިނާމާއި ހަނދާނީ ލިޔުން ދެވޭނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދުވަހާއި، ދުނިޔޭގެ ފަންނުވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުވާލި، މި މުބާރާތުގެ އެއްވަނަ ހޯދައި ’ކަރަންކާ‘ ގެ ލަޤަބު ހޯދާނީ ކާކުބާވައެވެ؟


ލިޔުނީ: އަޙްމަދު ޝައްފާޒު
ރައީސް
ސްޓޫޑެންޓްސް އިނިޝިއޭޓިވް އޮފް އާރޓްސް

SIA mnusu

SIA mnusu

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ޔޫނިއަން ވެބްސައިޓް ފަރުމާކޮށް ބެލެހެއްޓުން ކޯޑްލެބަށް

ޔޫނިއަން ވެބްސައިޓް ފަރުމާކޮށް ބެލެހެއްޓުން ކޯޑްލެބަށް

2020-12-02
ސަޕޯޓަރުންގެ އެހީއާއިއެކު ބްރެކެޓް ޗެލެންޖު ދަގަނޑޭ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި

ސަޕޯޓަރުންގެ އެހީއާއިއެކު ބްރެކެޓް ޗެލެންޖު ދަގަނޑޭ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި

2020-11-30
ދަގަނޑޭގެ ކެމްޕެއިނުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ބައިވެރިވަނީ

ދަގަނޑޭގެ ކެމްޕެއިނުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ބައިވެރިވަނީ

2020-11-23
އެމް.އެން.ޔޫ.އެސް.ޔޫ ގެ ރަސްމީ ޓެލެގްރާމް ޗެނަލް އިފްތިތާހު ކޮށްފި

އެމް.އެން.ޔޫ.އެސް.ޔޫ ގެ ރަސްމީ ޓެލެގްރާމް ޗެނަލް އިފްތިތާހު ކޮށްފި

2020-11-23
ދަތި އުނދަގޫ ހާލަތުގައި ޔޫނިއަންގެ ހަރަކާތްތަކަށް މަޑުޖެހުމެއް ނައިސް ކުރިއަށް ގޮސްފައިވަނީ ޝަމްޢޫން އާއި އޭނާގެ ޓީމުގެ ކުޅަދާނަ ކަމުން: ޝާން

ދަތި އުނދަގޫ ހާލަތުގައި ޔޫނިއަންގެ ހަރަކާތްތަކަށް މަޑުޖެހުމެއް ނައިސް ކުރިއަށް ގޮސްފައިވަނީ ޝަމްޢޫން އާއި އޭނާގެ ޓީމުގެ ކުޅަދާނަ ކަމުން: ޝާން

2020-11-15

ޝުކުރުގެ ޙައްޤުވެރިންނަށް ޝުކުރު ބަރުތީލަކޮށް އެމް.އެން.ޔޫ.އެސް.ޔޫގެ 8 ވަނަ ދައުރުގެ ރައީސް ޢަލީ ޝަމްޢޫން ވާހަކަފުޅު ދައްކަވައިފި!

2020-11-13
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab