ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކިޔެވުން ޙާސިލު ކުރަމުންދާ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް އަދި އާއްމު އެހެން ފަރާތްތަކަށްވެސް ސިއާ އިން އިސްނަގައިގެން އެމް.އެން.ޔޫގެ ލައިބްރަރީސް އަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ދުނިޔޭގެ ފޮތްތަކާއި ކޮޕީރައިޓްސް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސިއާ އިން މި ޕްރޮގްރާމް ކުރިއަށް ގެންގޮއްސައިވަނީ އެމް.އެން.ޔޫ ލައިބަރްރީސް އާއިވެސް ގުޅިގެންނެވެ. 23 އޭޕްރީލް އިން ފެށިގެން 25 އޭޕްރީލް 2019 ވަންދެން ފޮތް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތައް ފޮތް ލުމަށް މުޅިއެކު 8 ފޮށި މާލޭގެ އެކި ކެމްޕަސް ތަކުގައި ބެހެއްޓިފައިވާނެއެވެ. އެގޮތުން އެމް.އެން.ޔޫ ސެންޓްރަލް އޭރިޔާގައި 4 ފޮށި އެފް.އެޗް.ޓީ.އެސް ގައި 2 ފޮށި އަދި އެމް.އެން.ޔޫ.ބީ.އެސް އާއި އެފް.އީ.އެސް.ޓީ، މި ދެ ފެކަލްޓީންކުރެ ކޮންމެ ތަނެއްގައި އެއްފޮށި ބެހެއްޓިފައިވާނެއެވެ. މި ތިން ދުވަހު ފެކަލްޓީތައް ހުޅުވިފައި ހުންނަ ކޮންމެ ގަޑިއަކުވެސް މި ފޮށިތަކަށް ފޮތް ލެވޭނެއެވެ. އަދި ފޮތުގައި ހަދިޔާކުރި ފަރާތުގެ ނަން ޖަހަން ބޭނުންވާނަމަ ފޮށިކައިރީގައި ބެހެއްޓިފައި ހުރި ސްލިޕް ކޮޅު ފުރާލައިފައި ފޮއްޓަށް ލެވޭނެއެވެ.




މި ޕްރޮގްރާމް އިން ލިބޭ ހުރިހާ ފޮތެއްވެސް އެމް.އެން.ޔޫގެ ލައިބްރަރީސް އަށް ހަދިޔާކުރެވޭނެއެވެ. އަދި މިކަމުގެ ސަބަބުން ފޮތްތައް ހަލާކުވެގެން އުކާލުމުގެ ބަދަލުގައި ގިނަފަރާތްތަކަކަށް ބޭނުންކުރެވޭނެ ގޮތައް ރައްކާތެރިކަމާއެކު ހުންނާނެއެވެ.
ލިޔުނީ: އަޙްމަދު ޝައްފާޒު
ރައީސް
ސްޓޫޑެންޓްސް އިނިޝިއޭޓިވް އޮފް އާރޓްސް