އެމް އެން ޔޫ އެސް ޔޫގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސްގެ ވިންގް ކަމުގައިވާ ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ފޮޓޯގްރަފީ މުބާރާތެއް ފަށައިފިއެވެ. އެމް.އެން.ޔޫގެ ހުރިހާ ފެކަލްޓީތަކުގެ ދަރިވަރުންނާއި، ލެކްޗަރަރ އިން އަދި ސްޓާފުންނަށް ބައިވެރިވެވޭ ގޮތައް ފެށި މި މުބާރާތުގެ ތީމް އަކީ ”ނޭޗަރ“ އެވެ. 12 އެޕްރީލް 2018 ވަނަ ދުވަހުގެ ނިޔަލަށް ފޮޓޯ ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި މުބާރާތުގެ އެއްވަނަ އަށް ދާ ފަރާތަކަށް 1000/- (އެއް ހާސް ރުފިޔާގެ) ގެ ފައިސާގެ އިނާމެއް ދިނުމަށް އެސް.އެސް.އެލް އިން ވަނީ ނިންމާފައެވެ. ފޮޓޯ ނެގުމުގެ ދާއިރާއިން ދަރިވަރުންނާއި ލެކްޗަރަރ އިން އަދި ސްޓާފުންގެ ހުރި ހުނަރުތައް ފާހަގަ ކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދެވޭ މި މުބާރާތުގައި އަތޮޅުތެރޭގެ އެމް.އެން.ޔޫގެ ކެމްޕަސް ތަކުގެ ދަރިވަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ފަހިވެފައި އޮތުމަކީ މި ބުރާރާތް ހާއްސަ ވެގެންދާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. މި މުބާރާތުގެ ގަވާއިދު މިި ވެބްސައިޓުގެ ޑައުންލޯޑްސް ޕޭޖުން ލިބިލައްވާނެއެވެ.