އެމް.އެން.ޔޫ މެނޭޖްމަންޓްގެ އިސްނެގުމުގެ މަތިން އެމް.އެން.ޔޫ ފެކަލްޓީ އޮފް އެޑިއުކޭޝަން އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އާއި އެމް.އެން.ޔޫ ސްޓާފް ކްލަބް ގުޅިގެން ބޭއްވި ”އުފަލާއި މަޖާ“ މި ފޮރޮގްރާމްގައި ސިއާ އާއި ފެކަލްޓީ އޮފް އާރޓްސް ބައިވެރި ވެއްޖެއެވެ.
11 މެއި ވީ ހުކުރު ދުވަހު ހަވީރު ކުޑަކުދިންގެ ބަގީޗާގައި ބޭއްވުމު މިހަރަކާތަކީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް އެމް.އެން.ޔޫ އިން ބޭއްވި ހަރަކާތެކެވެ. ހުރިހާ ފެކަލްޓީތަކަށް ހުޅުވައިލައިގެން ކުރިއަށް ގެންދިޔަ މިހަރަކާތުގައި ފެކަލްޓީ އޮފް އާރޓްސް އާއި ސިއާގެ ސްޓޯލްއެއް ވަނީ ބެހެއްޓިފައެވެ. މި ސްޓޯލް ގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނީ ފޭސް ޕެއިންޓިން އެވެ. އަދި މީގެ އިތުރުން ސްޓޯލްއަށް ޒިޔާރާތް ކުރާ ކުޑަކުދިންނަށް ހަދިޔާ ދިނުން ވެސް ކުރިއަށް ގެންދިޔައެވެ. މި ސްޓޯލް ހިންގުމުގައި ސިއާގެ ބައެއް މެންބަރުންނާއި އެފް.އޭ.ގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤްސަދަކީ ”ދަރިވަރުންނަށް އެ ކުދިންގެ ޓެލެންޓް އަދި އޯގަނައިޒޭޝަނަލް ސްކިލްސް ދައްކާލުމަށް އެހީތެރިވުމާއި އިޖުތިމާޢީ ޙަރަކާތެއްގެ ގޮތުގައި މުޖުތަމަޢަށް ކަމެއްކޮށްދިނުން“ ކަމަށް ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ، ޑރ. ޢަލީ ފަވާޒު ޝަރީފް ވިދާޅުވިއެވެ.
ލިޔުނީ: ރުޤިއްޔާ ރިމާނާ، ޙަޒާންދާރު، ސިއާ