ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ 7 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިންތިޚާބުގައި ބެހެއްޓިފައިވާ ބައެއް ވޯޓު ފޮށިތައް 8 ޖެހުމާއެކު ބަންދުކޮށްފިއެވެ. އެފް.އެޗް.އެސް/އެސް.އެން ގައި ބެހެއްޓިފައިވާ ފޮށި ބަންދުކުރުމަށް ހަމަޖެހިފައިވަނީ 08:30ގައި ކަމަށްވާއިރު، ބާކީ ހުރިހާ ފޮއްޓެއް ބަންދުކުރާ ގަޑި މިހާރު ވަނީ ހަމަވެފައެވެ. ނަމަވެސް 08:00ވީއިރު، ސަފަށް އަރާތިބި ދަރިވަރުން ވޯޓުލެވެންދެން ވޯޓު ކުރިއަށްދާނެއެވެ.


މި ވޯޓުގައި ޔޫނިއަން ހިންގާ ކޮމިޓީގެ 4 މަޤާމެއް (ނައިބު ރައީސް (ގޮފިތައް)، ނައިބު ރައީސް (ޢިލްމީ)، ސެކްރެޓަރީ އަދި އެސިސްޓެންޓް ސެކްރެޓަރީ) އިންތިޚާބު ކުރެވޭނެއެވެ.
މިހާތަނަށް ވޯޓުލާފައިވާ ދަރިވަރުންގެ ޢަދަދު:
އެފް.އީ/ސީ.އޯއެލް/ސީ.އެމް.އެސް ފޮށި – 150
އެފް.އޭ/އެފް.އެލް.އައި.އެސް – 37
އެފް.އެޗް.ޓީ.އެސް/ސީ.އެފް.އެސް – 143
އެމް.އެން.ޔޫ.ބީ.އެސް/އެފް.އީ.އެސް.ޓީ – 205
އެފް.އެޗް.އެސް/އެސް.އެން – 382
ކުޅުދުއްފުށި ކެމްޕަސް – 48
ގަން ކެމްޕަސް – 79
ތިނަދޫ ކެމްޕަސް – 57
ހިތަދޫ ކެމްޕަސް – 49
އިންތިޚާބުގެ ވަގުތީ ނަތީޖާ މިރޭގެ ވަގުތެއްގައި އިޢުލާނުކުރެވޭނެކަމަށް މި އިންތިޚާބުގެ އިލެކްޝަން ކޮމިޓީން މަޢުލޫމާތު ދެއްވައެވެ. އިންތިޚާބުގެ އިލެކްޝަން ކޮމިޓީގައި ހިމެނެނީ:
ޙުސައިން ޢަލީ، އެފް.އީ.އެސް.ޓީ
އިބްރާހީމް ޣާނިމް ޝާހިދު، އެފް.އީ.އެސް.ޓީ
މަރިޔަމް ޝަފަޤް، އެސް.އެން
ލިޔުނީ: މުހައްމަދު ޝާން ޢާމިރު،
މީޑިއާ ކޯޑިނޭޓަރ، އެމްއެންޔޫއެސްޔޫ