ދިވެހިބަހުގެ އެކެޑަމީން އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބޭއްވުނު ވާހަކަ ދެއްކުމުގެ 34 ވަނަ ޤައުމީ މުބާރާތުގެ މަތީ ތަޢުލީމުގެ ގިންތި އަދި މި މުބާރާތުގައި އޮފީސް، ކުންފުނިތަކާއި ކުލަބް ޖަމިއްޔާ ޖަމާއަތްތަކުގެ ބަހުސްކުރުމުގެ ބައިން ރަންވަނަތަކެއް އެމް.އެން.ޔޫ.އެސް.ޔޫ އިން ހާސިލްކޮށްފިއެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޖުލައި 19ވީ ހުކުރު ދުވަހުގެ ރޭގައެވެ. މި މުބާރާތުގެ މަތީ ތައުލީމުގެ ގިންތިން 1 ވަނަ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރު މުހައްމަދު ޒައިދާން ހާސިލް ކޮށްފައިވާއިރު، ހަމަ އެގިންތިން 2 ވަނަ ހާސިލް ކޮށްފައިވަނީ ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރެއް ކަމަށްވާ މުހައްމަދު ރާއިދު ސައީދެވެ.


މި މުބާރާތުގައި އޮފީސް، ކުންފުނިތަކާއި ކުލަބް ޖަމިއްޔާ ޖަމާއަތްތަކުގެ ބަހުސްކުރުމުގެ ބައެއް ކުރިޔަށް ގެންގޮސްފައިވާއިރު މިބައިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއަށް ލިބިފައިވަނީ 3 ވަނައެވެ.


މިމުބާރާތަކީ ދިވެހިބަހުގެ އެކެޑަމީއިން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. އެމް.އެން.ޔޫ.އެސް.ޔޫ އިން ވަނީ ވޭތުވެދިޔަ އަހަރުތަކުގައިވެސް މި މުބާރާތުގައި ބައިވެރިވެފައެވެ.
ލިޔުނީ: އާމިނަތު ޝަމާ،
މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ