ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓް)ގައި ޤާއިމްކުރެވިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ގޮފި އެންޖިނިއަތިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (އެސްޓާ)ގެ ހިންގާ ކޮމިޓީ އާއި އެކު ބޭއްވުނު ބައްދަލުމާއެކު، ގޮފިތަކުގެ ބައްދަލުވުމުގެ ސިލްސިލާއަށް 6 ހަމަވެއްޖެއެވެ.


މި ބައްދަލުވުމުގައި އެސްޓާގެ ހިންގާ ކޮމިޓީގެ 4 މެންބަރުން (ނައިބު ރައީސް (ޢިލްމީ)، ސެކްރެޓަރީ، ޚަޒާންދާރު އަދި މީޑިއާ ކޯޑިނޭޓަރ) އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގެ 7 މެންބަރުން (ޚަޒާންދާރު ފިޔަވައި ހުރިހާ މެންބަރުން) ބައިވެރިވިއެވެ. ބައްދަލުވުމުގެ ތަޢާރަފުދެއްވާފައިވަނީ ޔޫނިއަންގެ ރައީސް އަރުޝަދު އަޝްރަފެވެ. އެސްޓާއިން މިއަހަރުގެ މިހާތަނަށް ހިންގި ޙަރަކާތްތަކާއިބެހޭގޮތުން މި ބައްދަލުވުމުގައި ޔޫނިއަންގެ ނައިބުރައީސް (ގޮފިތައް) ޢަލީ ޝަމްޢޫން ވަނީ ވާހަކަ ދައްކަވާފައެވެ.
”ފެސާ އާއި ގުޅިގެން އެސްޓާއިން ހިންގި ”އާރތު އަވަރ“ ޕްރޮގްރާމަކީ ވަރަށް ފާހަގަކޮށްލެވޭ ޙަރަކާތެއް. އެއީ އެ ޙަރަކާތަކީ މިއަހަރު ދެ ގޮތްޕެއް ގުޅިގެން ބޭއްވި ފުރަތަމަ ޙަރަކާތަށްވާތީ އާއި އެކު.“
ޢަލީ ޝަމްޢޫންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި މީގެ އިތުރުންވެސް ޔޫނިއަންގެ ހިންގާ ކޮމިޓީން ބައިވެރިވި ހުރިހާ ބައިވެރިންވަނީ ވާހަކަދައްކަވާފައެވެ. 08 އޭޕްރީލް 2018ވީ އާދީއްތަދުވަހުގެ މެންދުރުފަހު 03:00ގައި ބޭއްވުނު މި ބައްދަލުވުމުގައި އެސްޓާއިން ކުރިއަށް ރާވާފައިވާ ޙަރަކާތްތަކާއިބެހޭގޮތުންވެސް ވަނީ މަޝްވަރާކުރެވިފައެވެ. އަދި މީގެ އިތުރުން އެސްޓާގެ ހިންގާ ކޮމިޓީގެ މެންބަރުންވެސްވަނީ އެބޭފުޅުންގެ ޝުޢޫރު ފާޅުކުރައްވާފައެވެ. މިގޮތުން ޔޫނިއަން އިން އެސްޓާގެ ޙަރަކާތްތަކަށް ދެމުންދާ އެއްބާރުލުމަށް އެސްޓާގެ ފަރާތުންވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި އެސްޓާގެ ނައިބު ރައީސް (ޢިލްމީ) މުޙައްމަދު ސަދާދު ޚަލީލް ވަނީ އެސްޓާގެ ޙަރަކާތްތައް ފުޅާކުރުމުގައި ޢިލްމީ، ޢަމަލީ އަދި ފަންނީ ޙަރަކާތްތައް އެއްވަރަކަށް ހިމެނުމަށް އިސްކަންދޭކަމަށް ވިދާޅުވެފައެވެ.


45 ވަރަކަށް މިނެޓަށް ކުރިއަށްދިޔަ މި ބައްދަލުވުން ކުރިއަށްދިޔައީ އެމް.އެން.ޔޫ.އެސް.ޔޫ އޮފީހުގައެވެ. މި ބައްދަލުވުންތަކަކީ ޔޫނިއަންގެ މިހާރު އޮތް 13 ގޮތްޕާއެކު ވަކިވަކިން ބައްދަލުވުންތަކެއް ބޭއްވުމަށް ޔޫނިއަންގެ ހިންގާ ކޮމިޓީން ނިންމައިގެން ބާއްވާ ބައްދަލުވުންތަކެކެވެ. 6 ވަނަ ބައްދަލުވުން އެސްޓާ އާއި އެކު ބޭއްވުނުއިރު، މީގެ ކުރިން ސިއާ، ފެސާ، ހީލާރސް، ޝެޓްސް އަދި ތަރަޙަ އާއިއެކު ބައްދަލުވުންތައް ކުރިއަށްގެންދެވިފައެވެ.