Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
    • ހަރަކާތް
    • ފުޓްސަލް ފިއެސްޓާ
  • ރިޕޯޓްސް
    • މެއިން ރިޕޯޓްތައް
    • ގޮފިތަކުގެ ރިޕޯޓްތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
    • މެޑިކޯސް
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
  • މެގަޒިން
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީީޙް
    • އެމް.އެން.ޔޫ.އެސް.ޔޫ
    • ގޮފިތައް
    • ހަރަކާތްތްއް
Home ޚަބަރު

ގދ. ތިނަދޫގައި ވައި.އެލް.އެން އިން ކުރިޔަށް ގެންދިޔަ ޒުވާނުންގެ ފޯރަމް ކާމިޔާބު ކަމާއެކު ނިންމާލައިފި

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2020-02-25
in ޚަބަރު, މެއިން ރިޕޯޓްތައް
ގދ. ތިނަދޫގައި ވައި.އެލް.އެން އިން ކުރިޔަށް ގެންދިޔަ ޒުވާނުންގެ ފޯރަމް ކާމިޔާބު ކަމާއެކު ނިންމާލައިފި

ގދ. ތިނަދޫގައި ޔޫތް ލީޑަރސް ނެޓްވޯރކް އިން ކުރިޔަށް ގެންދިޔަ ފޯރަމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ޔޫތް ލީޑާރސް ނެޓްވޯރކް އިން ގދ. ތިނަދޫގައި ބޭއްވި 2 ދުވަހުގެ ފޯރަމް ކުރިޔަށް ގެންދިޔައީ ޖުމްލަ 6 ސެޝަނަކަށް ބަހާލައިގެނެވެ. އެގޮތުން ފުރަތަމަ ސެޝަން ފެށުނީ ވައި.އެލް.އެން މެމްބަރުންގެ ތައާރަފްވުމަކުންނެވެ. މި ސެޝަނުގައި ތައާރަފްވުމުގެ އިތުރުން ޒުވާން އިސްވާރުންގެ ވިއުގަ އުފެއްދުމުގެ މަޤްޞަދު ކިޔައިދީ އަދި އެކަން ހާޞިލްކުރުމުގައި ބައިވެރި ވުމަށް ކުރެވިދާނެ ކަންތައްތައް ވައި.އެލް.އެން މެމްބަރުން ވަނީ އުގަންނައިދީފައެވެ.

ވައި.އެލް.އެން ފޯރަމްގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

ފޯރަމްގެ ދެވަނަ ސެޝަން ނަންގަވައިދިނީ ކައުންޓަރ ރެޑިކަލައިޒޭޝަން އެންޑް ރިހެބިލިޓޭޝަން ޔުނިޓް (މޯލްޑްވްސް ޕޮލިސް ސަރވިސް)ގެ ފަރާތުން ޕޮލިސް ކޯޕަރަލް، ހުސެއިން ރަޝީދެވެ. މި ސެޝަންގައި ޤައުމުގެ އަމަންކަމާއި ސުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި ޒުވާނުންގެ ދައުރާއި، އެކަން ކަމުގައި އިސްނެގުމުގައި ލީޑަރޝިޕްގެ މުހިންމުކަން ފޯރަމްގެ ބައިވެރިންނަށް އަންގައިދީ، ދީނީ ހައްދުފަހަނައަޅައި ދިއުމުގެ ފިކުރު ޤައުމުގައި ފެތުރިގެން އަންނަ ގޮތާއި، އެކަންކަން ހުއްޓުވޭނެ ގޮތްތައް ކިޔައިދިނެވެ.

އިސްލާމް ދީނާއި ޒުވާނުން އަދި އިސްލާމް ދީނުގައި ލީޑަރޝިޕްގެ މުހިންމުކަމާ ގުޅޭގޮތުން ފޯރަމްގެ ތިންވަނަ ސެޝަން ނަންގަވައިދިނީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފަރާތުން އަލްއުސްތާޒް އަލީ ރަޝީދެވެ. އަދި މި ސެޝަނުގައި ތަހުޒީބީ މުޖުތަމަޢަކަށް އިސްލާމީ ލީޑަރޝިޕްގެ މުހިންމުކަންވެސް ފޯރަމްގެ ބައިވެރިންނަށްވަނީ އުގަންނައިދީފައެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒް (ލީގަލް ސެކްޝަން)ގެ ފަރާތުން ފޯރަމްގެ ހަތަރުވަނަ ސެޝަން ނަންގަވައިދެއްވީ އަލްއުސްތާޛާ ފާތިމަތު ޝިނާޒާއެވެ. މި ސެޝަންގައި ޝިނާޒާ ވަނީ ޒުވާނުން އަހުލުވެރިވުން މުހިންމު ޤާނޫނުތައް އަންގައިދީ ބައިވެރިން އެ ޤާނޫނުތަކަށް ހޭލުންތެރިކުރުވައި، ޒުވާން ލީޑަރުންގެ ގޮތުގައި ތަހުޒީބު މުޖުތަމަޢެއްގައި ދަމަހައްޓަންޖެހޭ އަޚްލާޤީ އަދި ސުލޫކީ މިންގަނޑުތަކާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.

ވައި.އެލް.އެން ފޯރަމްގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

ދިވެހި ތާރީޚާއި ސަގާފަތާއި އާދަކާދައިގެ ތެރެއިން ތަހުޒީބު މުޖުތަމަޢެއް ބިނާކުރުމަށް ލީޑަރޝިޕްގެ ދައުރު އައިސްފައިވާގޮތާއި ބެހޭ ގޮތުން ފޯރަމްގެ ފަސްވަނަ ސެޝަން ނަންގަވައިދެއްވީ މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ގެ ފަރާތުން އަލްފާޟިލް އަހުމަދު ޢަލާއެވެ. އަދި މިސެޝަނުގައި ދިވެހި ރާއްޖޭގެ ޤައުމިއްޔަތު ދިރުވާ އާލާކުރުމުގައި ބައިވެރިންގެ ދައުރު މުހިންމުކަމުގެ މައްޗަށްވެސް ޢަލާ ވަނީ އަލި އަޅުވާލާފައެވެ.

ފޯރަމްގެ އެންމެފަހު ސެޝަން ނަންގަވައިދެއްވީ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒް ޔުނިޓް (މޯލްޑްވްސް ޕޮލިސް ސަރވިސް)ގެ ފަރާތުން ޗީފް ސްޓޭޝަން އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަރީފެވެ. ސެޝަންގެ މައިގަނޑު މަގްޞަދަކަށްވީ މުޖުތަމަޢުގައި ކުށްމަދުކުރުމަށް ކުރެވިދާނެ ކަންކަން ބައިވެރިންނަށް އަންގައިދިނުމެވެ. މީގެ އިތުރުން ރައްޔިތުންނާއެކު މަސައްކަތްކުރެވޭނެ ގޮތްތަކާއި، މުއާމަލާތް ކުރުމުގެ އަދަބުތައް ބައިވެރިންނަށް އަންގައިދިނެވެ.

ވައި.އެލް.އެން ފޯރަމްގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

ސެޝަންތަކުގެ އިތުރުން ވައި.އެލް.އެން ގެ ނިމިދިޔަ މަޝްވަރާ ބައްދަލުވުމުގައި ފުލުހުންނާއި ޔޫތް ލީޑަރސް ނެޓްވޯރކާއި ގުޅިގެން ”ޕަބްލިކް އެންގޭޖްމަންޓް އެކްޓިވިޓީ“ގެ ނަމުގައި އިޖުތިމާއީ ހަރަކާތެއްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ހަރަކާތް ބޮޑަށް އަމާޒްކޮށްފައިވަނީ ތިނަދޫގައި ހިންގާ ކުށްތައް މަދުކުރުމަށް އާންމުންގެ ނަޒަރުގައި ކުރެވިދާނެ ކަންކަމަށެވެ. އެގޮތުން ފޯރަމްގެ ބައިވެރިންވަނީ އެރަށުގައި 1 ގަޑިއިރުގެ ސާވޭއެއް ކޮށްފައެވެ.

ވައިއެލްއެންގެ ރައީސާ ސަނާ ޝަފީގް ވިދާޅުވީ މީގެ ކުރިން ވައިއެލްއެން އިން ބާއްވައިފައިވާ ފޯރަމް ތަކާ އަޅާބަލާއިރު ތިނަދޫގައި ބޭއްވުނު ފޯރަމް ތަފާތުވާނެ ކަމަށާއި މި ފޯރަމްގައި ބޮޑަށް ހިމަނައިފައިވާނީ އިޖްތިމާއީ ހަރަކާތްތައް ކަމަށެވެ.

”ގދ.ތިނަދޫގަ ބޭއްވުނު ފޯރަމްގަ ހުރިހާކުދިންވެސް ވަރަށް އިންޓަރެކްޓްވެ ވަރަށް އެކުވެރި ކަމަށް ފާހަގަ ކުރެވޭ. އަދި ފޯރަމްގެ އޯގަނައިޒިންގ ވަރަށް ރަނގަޅު. ވައި.އެލް.އެން މެމްބާރސް އާ އެމް.އެން.ޔޫ.އެސް.ޔޫ އިން ބައިވެރިވި ކުދިން ވަރަށް ހަރަކާތްތެރިވި. ވަރަށް ރަނގަޅަށް ކުރިޔަށް ދިޔަ ފޯރަމެއްގެ ގޮުތުގަ ފާހަގަ ކުރެވެނީ“

ވައި.އެލް.އެންގެ ރައީސާ | ސަނާ ޝަފީގް
ވައި.އެލް.އެންގެ ރައީސާ |ސަނާ ޝަފީގް

މީގެ އިތުރުން ސަނާ ވިދާޅުވީ އެމްއެންޔޫއެސްޔޫ އިން ފޯރަމް ތަކުގައި ބައިވެރިވި ކުދިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ ކަމަށާއި އެކުދިންގެ މަސައްކަތްތައް ވަރަށް ފުރިހަމަ ކަމަށެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޕާމެނަންޓް ސެކެރެޓަރީ އިބްރާހީމް ހަމީދު (ޕީއެސް)، އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ އަށް ދިން އިންޓަރވިއުއެއްގައި ވިދާޅުވީ އެންމެ ފުރަތަމަ ފޯރަމްތައް ބޭއްވެން ފެށިއިރު، މުޖުތަމަޢުގައި ވަރަށް ގިނަ ކަންތައްތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، މީހުންގެ ވިސްނުމަށް އައިސްފައިވާ ބަދަލުތަކާއެކު މުޖުތަމަޢުގައި ކުރީގައި އޮތް އެކުވެރިކަމާއި އެކަކު އަނެކަކަށް އިހުތިރާމު ކުރުމުގެ ސަޤާފަތްތައް ވަރަށް ބޮޑަށްވަނީ ނެތިގެން ގޮސްފައިކަމަށެވެ. އެހެންކަމުން ވައި.އެލް.އެން ފޯރަމްތަކަކީ އަލުން މިފަދަ ކަންތައްތައް ދިރުވާއާލާކުރުމުގެ ބޭނުމުގައި ފެށިގެންދިޔަ ފޯރަމްތަކެއްކަމުގައި ޕީއެސް ވިދާޅުވިއެވެ.

”އިހްތިރާމް ކުރުމާ، މެހެމާންދާރީ އަދާކުރުންފަދަ ކަންތައްތައް ކުރިޔަށްވުރެ ބޮޑުތަން ރަނގަޅުވެއްޖެ. ނަތީޖާ ފެންނާނީ ދުރު މުސްތަޤްބަލެއްގަ. އެއީ ކުއްލިއަކަށް ނަތީޖާއެއް ނާންނާނެ މިކަހަލަ ކަންތައްތަކުގަ. ސަބަބަކީ މީހުންގެ ވިސްނުމާ ގުޅިފަވާ ކަމަކަށް ވާތީވެ. އިރާދަކުރެއްވިއްޔާ ނިމިދިޔަ 13 ފޯރަމްގެ މަސައްކަތްތަކަށް ބަލާއިރު އަޅުގަނޑުމެން ބޭނުންވާ ނަތީޖާއާ ހަމައަށް ވާޞިލްވެ، މަޑުމަޑުން ހަމަ އެބަ އަމާޒަށް ދަތުރުކުރޭ.. އެކަން ވާނެ ކުރިޔަށް އޮތް ތާނގަވެސް އިރާދަ ކުރެއްވިއްޔާ“

މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޕާމެނަންޓް ސެކެރެޓަރީ | އިބްރާހީމް ހަމީދު
މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޕާމެނަންޓް ސެކެރެޓަރީ އިބްރާހީމް ހަމީދު

އިތުރަށް ވާހަކަ ދައްކަވަމުން ޕީއެސް ވިދާޅުވީ މިހާތަނަށް ބޭއްވުނު ފޯރަމްތަކުގެ އަލީގައި މަޑު މަޑުންނަމަވެސް އެފަދަ ކަންތައްތައް ދަނީ ހާޞިލްވަމުން ކަމަށެވެ.

އަދި މިއަހަރު ތެރޭގައި ބަޖެޓްކުރި ހުރިހާކަމެއްވެސް ވަނީ ފުރިހަމަ ކުރެވިފައިކަމަށާއި އޭގެ އިތުރުންވެސް ބަޖެޓް ފުރުޞަތު ދޭނަމަ މިއަހަރު ނިމުމުގެކުރިން ވައި.އެލް.އެން ގެ އެއް ފޯރަމް ބޭއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން ތިނަދޫގައި ބޭއްވީ މިއަހަރަށް ރޭވިފައި އޮތް އެންމެ ފަހު ފޯރަމް ކަމުގައިވެސް ޕީއެސް ވިދާޅުވިއެވެ.

ޔޫތް ލީޑާރސް ނެޓްވޯރކް އިން ހިންގާ ”ޒުވާން ލީޑަރުންގެ ފޯރަމް“ތަކުގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ޒުވާނުންގެ މެދުގައި ފަރުދީ ޒިންމާ ނަގަން ދަސްކޮށްދިނުމާއި ޒުވާނުންގެ ތެރެއިން އިސްވާރުން އުފެއްދުމެވެ.

 


ލިޔުނީ: ޝަމާ މުޙައްމަދު
މީޑިއާ ކޯޑިނޭޓަރ އެމް.އެން.ޔޫ.އެސް.ޔޫ

Tags: postnow
އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ޔޫނިއަން ވެބްސައިޓް ފަރުމާކޮށް ބެލެހެއްޓުން ކޯޑްލެބަށް

ޔޫނިއަން ވެބްސައިޓް ފަރުމާކޮށް ބެލެހެއްޓުން ކޯޑްލެބަށް

2020-12-02
ސަޕޯޓަރުންގެ އެހީއާއިއެކު ބްރެކެޓް ޗެލެންޖު ދަގަނޑޭ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި

ސަޕޯޓަރުންގެ އެހީއާއިއެކު ބްރެކެޓް ޗެލެންޖު ދަގަނޑޭ ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި

2020-11-30
ދަގަނޑޭގެ ކެމްޕެއިނުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ބައިވެރިވަނީ

ދަގަނޑޭގެ ކެމްޕެއިނުގައި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުން ބައިވެރިވަނީ

2020-11-23
އެމް.އެން.ޔޫ.އެސް.ޔޫ ގެ ރަސްމީ ޓެލެގްރާމް ޗެނަލް އިފްތިތާހު ކޮށްފި

އެމް.އެން.ޔޫ.އެސް.ޔޫ ގެ ރަސްމީ ޓެލެގްރާމް ޗެނަލް އިފްތިތާހު ކޮށްފި

2020-11-23
ދަތި އުނދަގޫ ހާލަތުގައި ޔޫނިއަންގެ ހަރަކާތްތަކަށް މަޑުޖެހުމެއް ނައިސް ކުރިއަށް ގޮސްފައިވަނީ ޝަމްޢޫން އާއި އޭނާގެ ޓީމުގެ ކުޅަދާނަ ކަމުން: ޝާން

ދަތި އުނދަގޫ ހާލަތުގައި ޔޫނިއަންގެ ހަރަކާތްތަކަށް މަޑުޖެހުމެއް ނައިސް ކުރިއަށް ގޮސްފައިވަނީ ޝަމްޢޫން އާއި އޭނާގެ ޓީމުގެ ކުޅަދާނަ ކަމުން: ޝާން

2020-11-15

ޝުކުރުގެ ޙައްޤުވެރިންނަށް ޝުކުރު ބަރުތީލަކޮށް އެމް.އެން.ޔޫ.އެސް.ޔޫގެ 8 ވަނަ ދައުރުގެ ރައީސް ޢަލީ ޝަމްޢޫން ވާހަކަފުޅު ދައްކަވައިފި!

2020-11-13
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab