ޝެޓްސްއާއި އެސް.އެސް.އެލްއިން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ 3 އޮން 3 އިންޑޯ ފުޓްސަލް ޓޯނަމެންޓުގެ މެޗުތައް 24 ނޮވެމްބަރު 2021 ގައި ފަށައިފިއެވެ.
މި މުބާރާތް ކުރިޔަށް ގެންދަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޕީ.އީ ހޯލުގައެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ’ލައިކަންސް‘ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ ’ކިންގްސް‘ އެވެ. މި މެޗު ކާމިޔާބުކޮށްފައިވަނީ 1-0 ން ޓީމު ”ލައިކަންސް’އެވެ
ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުން އަންނަ މި މުބާރާތުގެ ދެވަނަ ދުވަހުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ 25 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހު 18:15 ގައެވެ.
3 ދުވަހަށް ބަހާލައިގެން ތާވަލުކުރެވިފައިވާ މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 26 ނޮވެމްބަރު 2021 ވާ ހުކުރު ދުވަހުގެ ހަވީރުގަވެ.







