މެޑިކޯސް ނައިޓް 2023، ފެބްރުއަރީ 23 ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ. މި ހަފްލާއަކީ ވޭތުވެދިޔަ 2023 ވަނަ އަހަރު މެޑިކޯސްއަށް ހޯދުނު ކާމިޔާބީތައް ފާހަގަކޮށް، މެޑިކޯސްއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ.
މިހަފްލާގައި ސްކޫލް އޮފް މެޑިސިންގެ ގިނަ އަދަދެއްގެ ދަރިވަރުން އަދި ލެކްޗަރާއިންނާއި މުވައްޒަފުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ ދަރިވަރުންގެ ޔޫނިއަންގެ މެމްބަރުންނާއި، ޔޫނިއަންގެ ގޮފިތަކުގެ މެމްބަރުން ވެސް މިހަފްލާގައި ބައިވެރިވާނެއެވެ.
މެޑިކޯސް ނައިޓްއަކީ މެޑިކޯސް އިން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދާ ހަރަކާތެކެވެ. މިހަފްލާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ދަރުމަވަންތަ ހަސްފަތާލުގެ 14 ވަނަ ފަންގިފިލާގައެވެ.





