Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ހަރަކާތް

މިއަހަރުގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް އެފް.އެސްއެލްގެ އައިޝް!

ހަސްނާ ވިޝާމް by ހަސްނާ ވިޝާމް
2024-05-28
in ހަރަކާތް, ޚަބަރު
މިއަހަރުގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް އެފް.އެސްއެލްގެ އައިޝް!

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން އިންތިޒާމުކޮށްގެން ބޭއްވި ”އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތް 2024″ގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް)ގެ މުޙައްމަދު އައިޝް މުޞްޠަފާ ހޮވިއްޖެއެވެ.

މި މުބާރާތުގައި އެފް.އެސް.އެލްގެ ޓީމުން ވާދަކުރި ބަހުސްތަކުގެ ތެރެއިން އެންމެ ބަހުސެއް ފިޔަވާ ހުރިހާ ބަހުސެއްގެ މޮޅު ބަހުސްކުރުންތެރިޔާގެ މަޤާމުވެސް ހާސިލްކޮށްފައިވާ އައިޝް އަކީ އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް ޓީމުގައިވެސް ފާހަގަކޮށްލެވޭ ހުނަރުވެރިއެކެވެ. ނިމިދިޔަ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތުގެއިވެސް ބަހުސް ކެޓެގަރީއިން ތިންވަނައަށް އެންމެ މޮޅު ބަހުސްކުރުންތެރިޔާގެ މަޤާމު  އައިޝް ވަނީ ހޯދާފައެވެ. މުބާރާތުގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާގެ މަޤާމަށް އިނާމް ހަވާލު ކޮށްދެއްވާފައިވަނީ އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު އާދަމްއެވެ.

މި  މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކުރުން އޮތީ 25 މެއިވީ ހޮނިހިރުދުވަހުގެރޭ ފައިނަލް ބަހުސަށްފަހު ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން (ސީ.އޭ) އޮޑިޓޯރިއަމްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައެވެ. މި ހަފްލާގައި ވަނީ ބަހުސް މުބާރާތުގެ އެންމެ މޮޅު 5 ބަހުސްކުރުންތެރިން އަދި ކޮންމެ ޓީމެއްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާއަށް އިނާމު ދީފައެވެ. މިއަހަރު މުޅިން އަލަށް ކޮންމެ ޓީމެއްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔާ ހޮވިގެން ދިޔައިރު، މި އިނާމުތައް ހަވާލު ކޮށްދެއްވީ ދަރިވަރުންގެ ޔޫނިއަންގެ 4 ވަނަ އަދި 5 ވަނަ ދައުރުގެ ރައީސް އަލްއުސްތާޛު ޢަލީ ރަޝީދެވެ. މި އިނާމް ހާސިލްކޮށްފައިވާ ފަރާތްތަކަކީ:

އެފް.އެސް.އެލް: މުޙައްމަދު އައިޝް މުޞްޠަފާ

އެސް.އެމް: އަނޫފް ޢަބްދުﷲ

އެފް.އޭ: އަޙްމަދު ބާސިޤް މުޙައްމަދު

އެފް.އީ: އައިޝަތު މައިޝާ ޚާތިމް

އެފް.އެޗް.އެސް:  ޢާއިޝަތު ސަދާ މުޙައްމަދު ޞާދިޤް

ސީ.އެފް.އެސް: ޒަފާ މޫސާ ޞިއްދީޤް

އައި.ޔޫ.އެމް: އާމިނަތު ހިދާ ޙުސައިން

އެމް.އެން.ޔޫ.ބީ.އެސް:  ފާޠިމަތު ނީޒާ

މީގެއިތުރުން އެންމެ މޮޅު 5 ބަހުސްކުރުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ ރަޙީމާ ޢަބްދުއްރަހީމްއެވެ. މިއަހަރުގެ ބަހުސް މުބާރާތުގެ އެންމެ މޮޅު ފަސް ބަހުސްކުރުންތެރިންނަކީ:

އިސްމާޢިލް ރަޒީން އިމްރާން (އެފްއެސްއެލް)

މުޙައްމަދު އަޔާޝް ޢަލީ (އެސްއެމް)

އަޙްމަދު ޝާބިން (އެސްއެމް)

އަނޫފް ޢަބްދުﷲ (އެސްއެމް)

މުޙައްމަދު އައިޝް މުސްތަފާ (އެފްއެސްއެލް)

މުބާރާތުގެ ރަނަރއަޕް ޓީމް، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، އަށް އިނާމު ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމްއެވެ. އަދި ޗެމްޕިއަން ޓީމަށް އިނާމު ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފްވެރި މެހްމާން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަފީރު އާދަމް ނަސީރު އިބްރާހިމްއެވެ.

މިއަހަރުގެ މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލުމުގައި ފަޑިޔާރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އަދުވަޒަންކުރުމުގެ ގޮތުން ވަނީ ފަޑިޔާރުންނަށްވެސް ވަނީ ހަނދާނީ ލިޔުންދެވިފައެވެ.

މިފަހަރުގެ މުބާރާތްވެސް އިންތިޒާމުކޮށް ހިންގުމުގައި ޔޫނިއަންގެ އިސްވާރުންގެ ފަރާތުން ލިބުނު އެއްބާރުލުމަކީ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމުގައި އެންމެ އިސްރޯލެއް އަދާކުރި ފަރާތްތަށްކަމުގައި ފާހަގަކުރަށްވާ، ޔޫނިއަންގެ ނައިބު ރައީސް (އިލްމީ) މުހައްމަދު ނާބިތު އަހުމަދުގެ ވާހަކަފުޅުގައި ވަނީ މުބާރާތް ހިންގާ އިންތިޒާމުކުރުމުގައި އެހީތެރިވެދިން ހުރިހާ ބޭފުޅުންނަށް އިޖުމާލީ ގޮތެއްގައި ޝުކުރުއަދާކުރަށްވާފައެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ބަހުސް މުބާރާތަކީ ދިވެހި ބަސް ދިރުވައި އާލާކޮށް، ބަހުގެ ހަމަތަކާ އެއްގޮތަށް ދިވެހިބަސް ބޭނުން ކުރަން ބާރުއެޅުމަށާއި ޢިލްމީ ފެންވަރެއްގައި އުފެއްދުންތެރި ގޮތުގައި ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ދޫފަރިތަ، ކުޅަދާނަ ވާހަކަދެއްކުންތެރިންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު މި ބޭއްވުނީ ސިލްސިލާކޮށް ބޭއްވޭ މި މުބާރާތުގެ 11 ވަނަ މުބާރާތެވެ.

ހަސްނާ ވިޝާމް

ހަސްނާ ވިޝާމް

އެމް.އެން.ޔޫ.އެސް.ޔޫގެ 12ވަނަ ދައުރުގެ މީޑިއާ ކޯޑިނޭޓަރ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ ބައި އިލެކްޝަނާ ގުޅޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ ބައި އިލެކްޝަނާ ގުޅޭ

2026-04-20
‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

2026-04-15
‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

‎އެސްއެން – ނޭކަ “ހެލްތު ޑޭ ކުއިޒް” ކާމިޔާބު ކަމާއެކު ނިންމާލައިފި!

2026-04-14
ގުރުޒުގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު!!

ގުރުޒުގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު!!

2026-04-13

ބީއެސްއެސްއޭގެ ރޯދަމަހުގެ ޙަރަކާތްތައް ފޯރިއާއިއެކު ނިންމާލައިފި!

2026-04-13
ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

2026-04-15
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab