ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ކުޅުދުއްފުށީ ކެމްޕަހުގެ ގޮފި، ގުރުޒުން ”ބްރެކްފާސްޓް ޑޭ “އެއް ކުރިއަށް ގެންގޮއްސިއެވެ. އޭޕްރީލް 23 ވީ ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ތަފާތު އެކި ބާވަތްތަކުގެ ނާސްތާއިން ސުފުރާމަތި ފަޅުފިލުވާލައިފައި ހުއްޓެވެ. ގުރުޒުގެ ހީވާގި ހިންގުންތެރިން އަމިއްލައަށް ތައްޔާރުކުރި ތަފާތު ގިނަ ކާނާތަކާއެކު ކުރިއަށް ގެންދެވުނު މި ”ބްރެކްފާސްޓް ޑޭ“ އަކީ ފަންޑްރައިޒިންގ އިވެންޓެއްގެ ގޮތުގައި ބޭއްވުނު ހަރަކާތެއް ނަމަވެސް ހުރިހާ ބާވަތްތަކެއްވެސް ލިބެން ހުރީ ޖީބަށް ލުއި އެކަށޭނެ އަގެއްގައެވެ.
މި ހަރަކާތުގައި ކުޅުދުއްފުށީ ކެމްޕަހުގައި ކިޔަވަމުންދާ ގިނަ ދަރިވަރުންނާއި މުވައްޒަފުންގެ އެއްބާރުލުން ލިބުނެވެ. އަދި ހަމައެހެންމެ އެހެނިހެން ޢާންމު ފަރާތްތަކުންވެސް ޒިޔާރަތްކުރައްވައި ނާސްތާ ބެއްލެވިކަން ގުރުޒުން ފާހަގަކުރަނީ އުފަލާއިއެކުގައެވެ.
”ބްރޭކްފާސްޓް ޑޭ “ ކުރިއަށް ގެންދެވިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ ކުޅުދުއްފުށި ކެމްޕަހުގެ ތެރޭގައެވެ. މި ހަރަކާތް ވެގެންދިޔައީ ދަރިވަރުންނަށް ހެނދުނުގެ ވަގުތުގައި ތާޒާ ނާސްތާ ފޯރުކޮށްދިނުމަށް ފަހިވި ރަނުގެ ފުރުސަތަކަށެވެ. އަދި މީގެއިތުރުން ދަރިވަރުންގެ ފަރާތުން ވަރަށް ގިނަ ތަޢުރީފުވެސް ލިބުނުމެއެވެ.






