ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ކުރިއަށް ގެންދިޔަ ”އެމްއެންޔޫ ފަހި ފުރުސަތު ޖޮބް ފެސްޓިވަލް” ގައި ނޭކައިން ބައިވެރިވެއްޖެއެވެ
ޖޫން 4 އަދި 5 ގެ 16:00 އިން 18:00 އަށް އަދި 20:00 އިން 22:00 އަށް އެމްއެންޔޫ ތިނަދޫ ކެމްޕަހުގެ ހޯލުގައި ކުރިއަށް ގެންދިޔަ މި ބާޒާރުގައި ނޭކައިގެ ފަރާތުން ވަނީ ސްޓޯލް ބަހައްޓާފައެވެ.
ގައުމީ ޔުނިވާސިޓީން ބޭއްވި މި މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާ ގުޅުވާލަދިނުމަށް ފަހިކޮށްދިން ފުރުސަތެކެވެ.
ހަމައެއާއެކު އެމްއެންޔޫގެ ތިނަދޫ ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވާ އެކިއެކި ކޯސްތަކާބެހޭ މައުލޫމާތު ހޯދުމުގެ ފުރުސަތުވެސް މި މައުރަޒުގެ ތެރެއިން ފަހިވެގެންދިޔައެވެ.
މި މައުރަޒުގައި ނޭކައިގެ ފަރާތުން ބެހެއްޓި ސްޓޯލުން ވަނީ އެމްއެންޔޫގައި ދަރިވަރުންނަށް ހުރި ފުރުސަތުތަކާ، ދަރިވަރުންގެ ޔޫނިއަން އަދި ތިނަދޫ ކެމްޕަސްގެ ގޮފިން އިސްވާރުންނަށް ފަހިކޮށްދޭ ފުރުސަތުތަކާ ހިންގާ އެކި އެކި ހަރަކާތްތަކުގެ އިތުރުން އިސްވާރުންގެ ތަޖުރިބާ ގިނަ އަދަދެއްގެ ފަރާތްތަކާ ކާމިޔާބުކަމާއެކު ހިއްސާކޮށްފައެވެ.






