ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ތިނަދޫ ކެމްޕަސްގެ ގޮފި ނޭކައިގެ ޙަރަކާތްތައް މި އަހަރަށް ނިންމާލުމުގެ ގޮތުން ނޭކައިން ލީޑަރުންގެ ޚާއްސަ ދަތުރެއް ކުރިއަށް ގެންގޮސްފިއެވެ.
ނޭކައިން ލީޑަރުންގެ ދަތުރު ދިޔައީ ތިނަދޫ ސިޓީ ޓްރެކް ބީޗަށެވެ. 25 އަށްވުރެ ގިނަ އިސްވާރުންނާއެކު މި ދަތުރު ދިޔައީ 7ނޮވެމްބަރު ހޮނިހިރު ދުވަހުގެ މެންދުރުއެވެ.
މި ޚާއްސަ ދަތުރުގައި ނޭކައިގެ އިސްވާރުންގެ މެދުގައި ފައިގެތަޅާ، ވޮލީ ފަދަ ތަފާތު މަޖާ ކުޅިވަރުތައް ކުޅުނެވެ. އަދި މޫދަށް އެރުމާއެކު ކުރިއަށް ދިޔަ މި ދަތުރުގައި ނޭކައިގެ ފަރާތުން ވަނީ އިސްވާރުންނަށް ޚާއްސަ ދިވެހި ކެއުމެއްވެސް ދީފައެވެ.
މި އަހަރުގެ އެންމެ ފަހު ހަރަކާތެެއްގެ ގޮތުން މިފަދަ ދަތުރެއް ރޭވީތީ އިސްވާރުން ތިބީ ހިތްހަމަޖެހިފައެވެ. މި ދަތުރުގައި މި އަހަރުގެ އެކި ހަރަކާތްތަކުގެ މަޖާ ހަނދާންތައް އާކޮށް އިސްވާރުންގެ އިހުސާސްތައް ވަނީ ހިއްސާކޮށްފައެވެ.






