ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ކުޅުދުއްފުށީ ކެމްޕަހުގެ ގޮފި ގުރުޒުން، ”އިވެންޓް މެނޭޖްމެންޓު“ ވޯކްޝޮޕެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އޮކްޓޯބަރ 31 ވީ ހޮނިހިރު ދުވަހުގެ ރޭ 22:00 – 19:00 އަށް ކުރިއަށް ދިޔަ މި ސެޝަން ނަގައިދީފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގެ ބިޒްނަސް ސްކޫލުގެ ލެކްޗަރާ، މުޙައްމަދު ޝައްމޫން އެވެ. މި ސެޝަންގެ މައިގަނޑު މަގުސަދަކީ، ދަރިވަރުންނަށް ކުދި، ބޮޑު އިވެންޓުތައް ރާވާ ހިންގަން ދަސްކޮށް ދިނުމެވެ.
އެކި ކަހަލަ އިވެންޓުތައް ރާވާ ހިންގުމާއި، ބަޖެޓު މެނޭޖުކުރާނެގޮތާއި، އިވެންޓު ހިނގަމުންދާއިރު ދިމާވާ ގޮންޖެހުންތައް ހައްލުކުރާނެ ގޮތްތައްވެސް ސަރ ވަނީ މި ސެޝަންގައި ކިޔައިދީފައެވެ.
މި ހަރަކާތަކީ ގުރުޒުން އިންތިޒާމުކޮށްގެން ހިންގުނު ނުހަނު ބޭނުންތެރި އެހާމެ ކާމިޔާބު ހަރަކާތެކެވެ. މި ވޯކުޝޮޕަކީ ބައިވެރިވި ދަރިވަރުންނަށް އަގުހުރި މަޢުލޫމާތުތަކެއް ލިބިގެންދިޔަ ކާމިޔާބު ވޯކްޝޮޕެކެވެ.






