Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ޚަބަރު

ދެވަނަ ޓަރމުގެ ލީޑަރސް ނައިޓް ކާމިޔާބު ކަމާއެކު ނިންމާލައިފި!

ހަސްނާ ވިޝާމް by ހަސްނާ ވިޝާމް
2024-08-24
in ޚަބަރު
ދެވަނަ ޓަރމުގެ ލީޑަރސް ނައިޓް ކާމިޔާބު ކަމާއެކު ނިންމާލައިފި!

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ލީޑަރސް ގުރޫޕަށް މިހަރަގު ދެވަނަ ޓާރމުގައި އަލަށް ގުޅުނު އިސްވާރުންނަށް ބޭއްވި ލީޑަރސް ނައިޓް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

އޮގަސްޓް 23 ވީ ހުކުރު ދުވަހުގެ ރޭ އެމް.އެން.ޔޫ އެފް.އީ ޕީ.އީ ހޯލުގައި ކުރިއަށްގެންދެވުނު މިހަރަކާތުގައި 100 އަށްވުރެ ގިނަ އައު ލީޑަރުން ބައިވެރިވިއެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީގެ މެމްބަރުންނާއި، އެޑްވައިޒަރީ ބޯޑު މެމްބަރުންގެ އިތުރުން މިހާރު ލީޑަރސްގެ ގޮތުގައި ހަރަކާތްތެރިވާ ބައެއް މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ.

މި ލީޑަރސް ނައިޓުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ދަރިވަރުންނަށް ފަހި ކޮށްދެވޭ ފުރުސަތުތަކާއި، މި ޓަރމުގައި ކުރިއަށް ރޭވިފައި ހުރި ހަރަކާތްތަކާއި ގުޅޭ މުހިންމު މައުލޫމާތުތައް ވަނީ ހިއްސާކޮށްފައެވެ. އަދި ތަފާތު ކުޅިވަރު ހަރަކާތްތަކުގެ އިތުރުން، ލަކީ ޑްރޯއިން ހޮވުނު ދަރިވަރުންނަށް ވަނީ އިނާމު ވެސް ހަވާލުކޮށްފައެވެ. އަދި ކޮންމެ ބައިވެރިޔަކަށް ވެސް ވަނީ ގިފްޓް ޕެކް ހަދިޔާކޮށްފައެވެ.

މިފަހަރުގެ ލީޑަރސް ނައިޓް ވެސް ކުރިންގެންދެވިފައި ވަނީ ގިނަ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަމާއެކުއެވެ. އެގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އާއި މެންހަޓަން ފިޝް މާކެޓް، ޔޫރޯ މާކެޓިންގ، ރެކޫން މޯލްޑިވްސް، ދިގުރެބް އަދި ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މިކަމަށްޓަކާ އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީއިން ވަނީ މޭޔަރ އަދި އެހެނިހެން ސްޕޮންސަރުންނަށް ޝުކުރު ދަންނަވާފައެވެ.

ޔޫނިއަނުން ބާއްވަމުން އަންނަ ލީޑަރސް ނައިޓަކީ، އައު އިސްވާރުން ބިނާކުރުމާއި އަދި މާދަމާގެ ލީޑަރުން އުފެއްދުމަށް ދަރިވަރުންގެ ޔޫނިއަނުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ހަރަކާތެވެ. އަދި މި ހަރަކާތަކީ އެމް.އެން.ޔޫ.އެސް.ޔޫގެ މެމްބަރުންނާއެކު އައު ލީޑަރުން ތަފާތު މާހައުލެއްގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއެކު، ޔޫނިއަން އާއި ގުޅޭ މުހިންމު މައުލޫމާތުތައް އައު ލީޑަރުންނަށް ކިޔައިދިނުމުގެ މަޤްޞަދުގައި ބާއްވަމުން ގެންދާ ހަރަކާތެކެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ލީޑަރސް ގްރޫޕަކީ އެމް.އެން.ޔޫ.އެސްޔޫގެ ޙަރަކާތްތަކުގައި އިސްވެ އުޅުމަށް ޝަޢުޤުވެރިވާ ދަރިވަރުންނަށް އަމާޒުކޮށް 2018ވަނަ އަހަރު ހަދާފައިވާ ގުރޫޕެކެވެ. މި ގްރޫޕަށް ވަނުމަށް އެމް.އެން.ޔޫގެ ކޮންމެ ދަރިވަރަކަށްވެސް ފުރުސަތު އޮވެއެވެ. އެމް.އެން.ޔޫ.އެސް.ޔޫ ލީޑަރސް ގުރޫޕްގައި މިވަގުތު 500ށް ވުރެ ގިނަ ދަރިވަރުން ހަރަކާތްތެރިވެއެވެ.

ހަސްނާ ވިޝާމް

ހަސްނާ ވިޝާމް

އެމް.އެން.ޔޫ.އެސް.ޔޫގެ 12ވަނަ ދައުރުގެ މީޑިއާ ކޯޑިނޭޓަރ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ތިނަދޫ ކެމްޕަސް ރޯދަ ވީއްލުން 1447 ބާއްވައިފި!

ތިނަދޫ ކެމްޕަސް ރޯދަ ވީއްލުން 1447 ބާއްވައިފި!

2026-03-12
ނޭކަ ފްރެޝަރސް ނައިޓް – ކާމިޔާބު ކަމާއެކު ކުލަގަދަކޮށް ނިންމާލައިފި!

ނޭކަ ފްރެޝަރސް ނައިޓް – ކާމިޔާބު ކަމާއެކު ކުލަގަދަކޮށް ނިންމާލައިފި!

2026-03-12
އުފާވެރި އަންހެނުންގެ ދުވަސް – ފެސާގެ ފަރާތުން މަލެއް

އުފާވެރި އަންހެނުންގެ ދުވަސް – ފެސާގެ ފަރާތުން މަލެއް

2026-03-09
2026 ވަނަ އަހަރުގެ ގުރުޒު ފްރެޝާސް ނައިޓް ވަރަށް ފޯރިގަދަ!

2026 ވަނަ އަހަރުގެ ގުރުޒު ފްރެޝާސް ނައިޓް ވަރަށް ފޯރިގަދަ!

2026-03-06
”ގުރުޒު ރޯދަވީއްލުން 1447“ ވަރަށް ފުރިހަމަ!

”ގުރުޒު ރޯދަވީއްލުން 1447“ ވަރަށް ފުރިހަމަ!

2026-03-06
ޔޫނިއަންގެ އަތޮޅުތެރޭ ކެމްޕަސްތަކުގެ ގޮފިތަކުގެ ހިންގާ ކޮމިޓީތައް އިފްތިތާހުކޮށްފި

ޔޫނިއަންގެ އަތޮޅުތެރޭ ކެމްޕަސްތަކުގެ ގޮފިތަކުގެ ހިންގާ ކޮމިޓީތައް އިފްތިތާހުކޮށްފި

2026-03-06
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab