Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ޚަބަރު

ޔޫނިއަންގެ އަތޮޅުތެރޭ ކެމްޕަސްތަކުގެ ގޮފިތަކުގެ ހިންގާ ކޮމިޓީތައް އިފްތިތާހުކޮށްފި

އެމް.އެން.ޔޫ.އެސް.ޔޫ by އެމް.އެން.ޔޫ.އެސް.ޔޫ
2026-03-06
in ޚަބަރު
ޔޫނިއަންގެ އަތޮޅުތެރޭ ކެމްޕަސްތަކުގެ ގޮފިތަކުގެ ހިންގާ ކޮމިޓީތައް އިފްތިތާހުކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ 14ވަނަ ދައުރުގެ އަތޮޅުތެރޭ ކެމްޕަސްތަކުގެ ގޮފިތަކުގެ ހިންގާ ކޮމިޓީތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ހަތަރު ކެމްޕަހުގައި ކުރިއަށް ގެންގޮސްފިއެވެ.
އަތޮޅުތެރޭ ކެމްޕަސް ތަކުގެ ގޮފިތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އޮތީ 26 ފެބުރުވަރީ 2026 ވީ ބުރާސްފަތި ދުވަހުގެރޭ މި ގޮފިތައް ނިސްބަތްވާ ކެމްޕަސްތަކުގައެވެ. މި ރަސްމިއްޔާތުގައި މި ކެމްޕަސް ތަކުގެ ގޮފިތަކުގެ ހިންގާ ކޮމިޓީތަކަށް އަލަށް އިންތިޚާބުވި މެންބަރުންނަށް މަޤާމު ހަވާލުކޮށްފައިވާއިރު، ފާއިތުވެދިޔަ ދައުރުގައި ގޮފިތަކުގައި މަސައްކަތްކުރި މެންބަރުންނަށް ރެފަރެންސް ލެޓަރ ހަވާލުކުރުންވެސް އޮތެވެ. އަދި ހަމައެހެންމެ 2025ވަނަ އަހަރުގެ ތެރޭގައި މި ގޮފިތަކުން އެންމެ ފާހަގަކޮށްލެވޭ އެންމެ ހަރަކާތްތެރި އިސްވާރުންނަށް ދެވޭ އިނާމުތައް ވެސް ވަނީ މި ރަސްމިއްޔާތުގައި ހަވާލުކުރެވިފައެވެ. އެގޮތުން ނޭކައިގެ 8 އިސްވާރުންނާ، ދޮންދީނިގެ 17 އިސްވާރުންނާ، ގުރުޒުގެ 6 މެންބަރުން އަދި އަހުރައިގެ 6 މެންބަރުންނަށް ވަނީ މި އިނާމް ހަވާލު ކުރެވިފައެވެ.
އެމް.އެން.ޔޫ ތިނަދޫ ކެމްޕަހުގެ ގޮފި ނޭކައިގެ ހިންގާ ކޮމެޓީ އިފްތިތާހު ކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ޢަބްދުއްރަޙްމާން މުބާރިކެވެ. މި ރަސްމިއްޔާތުގައި ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ބައިވެރިފައިވަނީ ދަރިވަރުންގެ ޔޫނިއަންގެ ކުރީގެ ރައީސް އަދި އެޑްވައިޒަރީ ބޯޑު މެންބަރު އަރުޝަދު އަޝްރަފްއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލްގައި ދަރިވަރުން ތަމްސީލްކުރައްވާ މެންބަރު އިސްމާޢީލް ރަޒީން ޢިމްރާންއެވެ. އަދި ރަސްމިއްޔާތުގައި މަރުހަބާ ދެންނެވުމުގެ ގޮތުން އިސްމާޢިލް ރަޒީން ޢިމްރާން ވާހަކަދެއްކެވިއިރު، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ޢަބްދުއްރަޙްމާން މުބާރިކް ވެސް ވަނީ ހާޒިރުވެ ތިއްބެވި ޖަލީސުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވާފައެވެ.
އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގެ ގޮފި ގުރުޒުގެ ހިންގާ ކޮމެޓީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު، ކުޅުދުއްފުށި ކެމްޕަހުގެ މެނޭޖަރު އައިމިނަތު ޢަލީ ޝަރަފުވެރި ކޮށްދެއްވާފައިވާއިރު މި ރަސްމިއްޔާތުގައި ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ބައިވެރިވެފައި ވަނީ، ދަރިވަރުންގެ ޔޫނިއަންގެ މި ދައުރުގެ ރައީސް މުޙައްމަދު އަޔާޝް ޢަލީ އަދި މި ދައުރުގެ ނައިބު ރައީސް (އިތުރު ޙަރަކާތް)، އަޙްމަދު ސަމީހުގެ އިތުރުން ދަރިވަރުންގެ ޔޫނިއަންގެ އެޑްވައިޒަރީ ބޯޑުގެ މެންބަރު މުޙައްމަދު ޔާސިރް މޫސާއެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ޔޫނިއަންގެ ރައީސް މުޙައްމަދު އަޔާޝް ޢަލީވެސް ވަނީ ޖަލްސާގެ އެންމެހާ ހާޒިރީންނާ މުހާތަބުކޮށް ވާހަކަ ދައްކަވާފައެވެ.
އައްޝައިޚް އަނިލްވަނީ އެމްއެންޔޫގެ އައްޑޫ ކެމްޕަހުގެ ގޮފި ދޮންދީނިގެ 14 ވަނަ ދައުރުގެ ހިންގަ ކޮމެޓީ އިފްތިތާހު ކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ދަރިވަރުންގެ ޔޫނިއަންގެ މި ދައުރުގެ ނައިބު ރައީސް (ގޮފިތައް) މުޙައްމަދު ހިޒްޔަމް ހާމިދް އަދި މި ދައުރުގެ ޖެނެރަލް ސެކްރެޓަރީ ޢަބްދުﷲ ދިނާހު އަޙްމަދު ވަނީ ޔޫނިއަންގެ ފަރާތުން ބައިވެރިވެފައިވެއެވެ. މި ރަސްމިއްޔާތުގައި މަރުބާދެންވުމަށް ވާހަކަ ދެއްކެވީ ނައިބު ރައީސް މުޙައްމަދު ހިޒްޔަމް ހާމިދެވެ. އަދި ޝަރުވެރި ކޮށްދެވާ ޖަލްސާގެ ހާޒިރީންނާ މުހާތަބު ކޮށް އައްޝައިޚް އަނިލް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
އެމް.އެން.ޔޫގެ ގަމު ކެމްޕަހަށް ޚާއްސަ ގޮފި، އަހުރަ އިފްތިތާހު ކޮށްދެއްވާފައިވަނީ ލ. ގަމު ކައުންސިލްގެ ރައީސް، އަޙްމަދު ޒަކީ އެވެ. މި ރަސްމިއްޔާތުގައި ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން، މި ދައުރުގެ ނައިބު ރައީސް (ޢިލްމީ)، އައިމިނަތު އާޔާ އިޤުބާލް އަދި ރީޖަނަލް ކޯރޑިނޭޓަރ، ޢާއިޝަތު ޝަދްން ޝަކީލް ބައިވެރިވެފައި ވާއިރު، މަރުހަބާ ދެންނެވުމަށް ވާހަކަ ދައްކާފައިވަނީ ރީޖަނަލް ކޯރޑިނޭޓަރ، ޢާއިޝަތު ޝަދްން ޝަކީލްއެވެ. މި ރަސްމިއްޔާތުގައިވެސް ޝަރަފުވެރި މެހެމާނު ވަނީ ހާޒިރީންނަށް މުހިންމު ވާހަކަތަކެއް ހަނދުމަ ކޮށްދެއްވާ ވާހަކަދައްކަވާފައެވެ.
މި 4 ކެމްޕަހުގެ ރަސްމިޔާތުގައިވެސް ޔޫނިއަންގެ ފަރާތުން ވާހަކަދެއްކުމާ ޝަރަފުވެރި މެހެމާނު ވާހަކަދެއްކެވުމުގެ އިތުރުން، 13 ވަނަ ދައުރުގެ ގޮފިތަކުގެ މަސައްކަތައް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯރޓެއްވަނީ ދައްކާފައެވެ. އަދި މިދިޔަ އަހަރުގެ މަސައްކަތްތަކަށް ބިނާކޮށް މި އަހަރު ގޮފިތައް ހިންގުމުގެ އުސޫލަށް ގެނެވުނު ބަދަލުތަކުގެ ވާހަކަ ހިއްސާކޮށްފައި ވެއެވެ.
ދަރިވަރުންގެ ޔޫނިއަންގައި ޖުމްލަ 15 ގޮތްޕެއް ހަރަކާތްތެރިވެއެވެ. އޭގެ ތެރެއިން 11 ގޮފި ހަރަކާތްތެރިވަނީ މާލޭ ކެމްޕަހުގައެވެ. އަދި ބާކީ 4 ގޮފި ހަރަކާތްތެރިވަނީ އަތޮޅުތެރޭ ކެމްޕަސްތަކުގައެވެ.

އެމް.އެން.ޔޫ.އެސް.ޔޫ

އެމް.އެން.ޔޫ.އެސް.ޔޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

2026-04-15
‎ސިއްހަތު ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ހާއްސަ ހަރަކާތެއްް!

‎އެސްއެން – ނޭކަ “ހެލްތު ޑޭ ކުއިޒް” ކާމިޔާބު ކަމާއެކު ނިންމާލައިފި!

2026-04-14
ގުރުޒުގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު!!

ގުރުޒުގެ މިއަހަރުގެ ފުރަތަމަ މޫވީ ނައިޓް ވަރަށް ކާމިޔާބު!!

2026-04-13

ބީއެސްއެސްއޭގެ ރޯދަމަހުގެ ޙަރަކާތްތައް ފޯރިއާއިއެކު ނިންމާލައިފި!

2026-04-13
ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

2026-04-15
ފެސާ-ހީލާރސް ތަރާވީސް ބާއްވައިފި!

ޢީދު ހަދިޔާ ބަދަލު ކުރުން – މިފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް!

2026-04-15
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab