ޝެޓްސް އާއި އެސް.އެސް.އެލްއިން އިންތިޒާމުކޮށް 3 އޮން 3 އިންޑޯ ފުޓްސަލް ޓޯނަމެންޓެއް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ރާވާއިފައި ވަނީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް އާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ދަރިވަރުންނަށް ހުޅުވާލައިގެން އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތުންނެވެ. މުބާރާތުގައި 14 ފިރިހެން ޓީމާއި، 3 އަންހެން ޓީމެއް ވާދަކުރާނެއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ މެޗުތައް ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
މުބާރާތުގެ ގްރޫޕް ބެހުމުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ކުރިޔަށް ގޮސްފައިވަނީ 23 ނޮވެމްބަރު ވީ އަންގާރަ ދުވަހުގެ ރޭ އެމް.އެން.ޔޫ އެސް.ޔޫ އޮފީހުގައެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް އިންތިޒާމުކުރެވިފައިވަނީ، ވާދަކުރާ އަންހެން ޓީމުތަކުގެ މެދުގައި އެންމެ މޮޅު ދެ ޓީމު ސީދާ ފައިނަލަށް ދަތުރުކޮށް ތައްޓަށް ވާދަކުރާ ގޮތަށެވެ.





