ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަރ އެކްސެލެންސީ ޝައިޚް ހަސީނާ ތަޤުރީރުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެމް.އެން.ޔޫގެ ދަރިވަރުން ބައިވެރިވެއްޖެއެވެ.
މި ޖަލްސާ ބާއްވައިފައިވަނީ 2021 ޑިސެންބަރު 23 ވީ ބުރާސްފަތި ދުވަހު ހަވީރު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.


މި ޖަލްސާގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ 30ށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ. ޖަލްސާގައި ބައިވެރިވި ދަރިވަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކުރައްވާފައެވެ
އެމް.އެން.ޔޫގެ ދަރިވަރުން އަންނަނީ މިފަދަ ޤައުމީ ގިނަ ހަރަކާތްތަކުގައާއި ޖަލްސާތަކުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ތަމްސީލުކުރަމުންނެވެ.






