ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން ގޮފިތަކުގެ އިންތިޚާބަށް ހުޅުވާލައިފިއެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތަކުގެ އިންތިޚާބަށް ހުޅުވާލާފައިވަނީ 3 ފެބްރުއަރީ 2022 ގައެވެ. ގޮފިތަކުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ 17 ފެބްރުއަރީގައެވެ. އަދި ގޮފިތަކުގެ އިންތިޚާބަށް ކުރިމަތިލެވޭނެ ސުންގަޑިއަކީ 10 ފެބްރުއަރީ 2022ގެ 14:00އެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު އެމް.އެން.ޔޫ.އެސް.ޔޫ އޮފީހުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އިންތިޚާބަށް ހުޅުވާލާފައިވަނީ މާލޭ 10 ފެކަލްޓީގެ ގޮތްޕާއި، އަތޮޅުތެރޭ ހަތަރު ކެމްޕަހުގެ ގޮފިތަކުގެއެވެ.
ގޮފިތަކަށް ކުރިމަތިލުމަށް ހުޅުވާލެވެފައިވާ މަގާމުތައް:
- ރައީސް
- ނައިބު ރައީސް (އިލްމީ)
- ނައިބު ރައީސް (އިތުރު ހަރަކާތް)
- ހަޒާންދާރު
- ސެކެރެޓަރީ
- މީޑިއާ ކޯޑިނޭޓަރ
އެމް.އެން.ޔޫ.އެސް.ޔޫގެ ހަރަކާތްތައް ފުރިހަމަވެގެންދަނީ ގޮފިތަކުގެ އެއްބާރުލުމާއެކުގައެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ގޮފިތަކުން އަންނަނީ އެ ގޮތްޕެއްގެ ފެކަލްޓީގައި ތަފާތު ގިނަ އިތުރު ހަރަކާތްތައް ހިންގަމުންނެވެ. އޭގެ ތެރޭގައި ކުޅިވަރުގެ ހަރަކާތްތަކާއި އިލްމީ ހަރަކާތްތައް ހިމެނެއެވެ. އަދި ކޮންމެ އަހަރަކުވެސް ގޮފިތަކުގެ ތެރެއިން އެންމެ ހިންގުންތެރި ތިން ގޮފި އެމް.އެން.ޔޫ.އެސް.ޔޫއިން ހޮވައެވެ.





