ފެކަލްޓީ އޮފް ހޮސްޕިޓަރލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (އެފް.އެޗް.ޓީ.އެސް) ގެ ގޮފި ޝެޓްސްއިން ކޮންމެ ސެމިސްޓާއެއްގައި މެދުކެނޑުމެއްނެތި އައު ލީޑަރުންނަށް ހާއްސަކޮއްގެން ބާއްވަމުން އަންނަ ވެލްކަމް ނައިޓް، 12 ފެބުރުއަރީ ވާ ހޮނިހިރު ދުވަހުގެ ރޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އެފް.އެޗް.ޓީ.އެސް ގެ ގޮފި ޝެޓްސް އިން އިސްނަގައިގެން މި ސެމިސްޓަރގައި އެފް.އެޗް.ޓީ.އެސް އާއި އަލަށް ގުޅުނު ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ ވެލްކަމް ނައިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ އެފް.އެޗް.ޓީ.އެސްގެ ފަސް ވަނަ ފްލޯރ ގެ ރެސްޓޯރެންޓް ގައެވެ. އެފް.އެޗް.ޓީ.އެސް ގެ ވެލްކަމް ނައިޓް ކުރިއަށް ދާނީ މި ހޮނިހިރު ދުވަހުގެ ރޭ 19.30ން 22.30 އަށެވެ.
މި ހަރަކާތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުދިންގެ މެދުގައި ފޯރިގަދަ ގޭމްތަކެއް ކުރިއަށް ގެނދިއުމަށް ވަނީ ރޭވިފައެވެ. މި ހަރަކާތުގައި ބައިވެރި ވުމުގެ ފުރުސަތު އެފް.އެޗް.ޓީ.އެސް އަށް އަލަށް ގުޅުން އެންމެހާ ދަރިވަރުންނަށް ވެސް އޮންނާނެއެވެ.
ޝެޓްސް އިން ހިންގާ މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ކިޔެވުމުގެ މާހައުލާއި ޔުނިވަރސިޓީ މާހައުލުގައި އަލަށް ފެކަލްޓީ އާއި ގުޅޭ ދަރިވަރުން އެއްބައި ކުރުވާ، އަދި މުޖްތަމައަށް ފައިދާ ކުރުވާނެ ފަދަ ހިތްވަރުގަދަ އައު ލީޑަރުންތަކެއް އުފެއްދުމެވެ.