ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (އެފް.އެޗް.ޓީއެސް) އާއި އަލަށް ގުޅުނު ލީޑަރުން ސޮސައިޓީ ފޯ ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް (ޝެޓްސް)ގެ މި ދައުރުގެ ހިންގާ ކޮމެޓީއާއި ބަދަލުކޮށް މިދައުރުގެ ފުރަތަމަ ލީޑާރސް ބައްދަލުވުން ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ ފެބްރުއަރީ 22 ވީ އަންގާރަ ދުވަހުގެ ހަވީރު 16:30 ގައެވެ.
ޝެޓްސްގެ ލީޑާރސް ބައްދަލުވުން ބޭއްވުމުގެ މަޤްސަދަކީ މިދައުރުގައި ކުރިޔަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ބެހޭ މައުލޫމާތް އައު ލީޑަރުންނަށް ދިނުމާއި މި ހަރަކާތް ތަކާމެދު އައު ލީޑަރުންގެ ހިޔާލުތަކާއި ޝުއޫރުތައް ދެނެގަތުމެވެ. އެގޮޓުން ޝެޓްސްގެ މިއަހަރުގެ ކަލަންޑަރގައި ހިންގުމައް ހަމަޖެހިފައި ހަރަކާތްތަކަ ގުޅޭގޮތުން އައުލީޑަރުންނާއި ވާހަކަ ދައްކައި މި އިވެންޓްތަކަށް ހިޔާލު ހޯދައިފައިވެއެވެ. އަދި މި ބައްދަލުވުމުގައި ދަރިވަރުންގެ ޔޫނިއަންގެ ރައީސް ހުސައިން ޒައިދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.






