ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)އާ 2023 ވަނަ އަހަރުގެ ފުރަތަމަ ޓާރމުގައި އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފިއެވެ.
މި އޮރިއެންޓޭޝަން ކުރިއަށް ގޮސްފައިވަނީ ފެބުރުވަރީ 5 ވީ އާދީއްތަ ދުވަހުގެ ހެނދުނު އެމް.އެން.ޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމް އަދި ފެކަލްޓީ އޮފް އެޑިއުކޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަންގައި ޤައުމީ ޔުނިވަރސިޓީގެ އެކިއެކި ޚިދުމަތްތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ފޯރުކޮށްދީފައެވެ. އަދި މީގެ އިތުރުން ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ޔޫނިއަންގެ ނައިބު ރައީސް (އިތުރު ހަރަކާތް) މާޒިން މުޙައްމަދު ވަނީ މި ސެޝަންގައި ވާހަކަ ދައްކަވާފައެވެ.


ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި މި އޮރިއެންޓޭޝަން ޕްރޮގްރާމްގައި ވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ލީޑަރސް ގްރޫޕަށް ވަންނަން ޝައުޤުވެރިވާ ކުދިންނަށް އެ ފުރުސަތު ވެސް ހުޅުވާލާފައެވެ.
މިއީ ކޮންމެ ސެމިސްޓަރއެއްގައި އަލަށް އެމް.އެން.ޔޫގެ ކޯސްތަކަށް ގުޅޭ ދަރިވަރުންނަށް އަމާޒުކޮށްގެން އެމް.އެން.ޔޫ އިން ބާއްވާ އޮރިއެންޓޭޝަންއެކެވެ. މީގެ އިތުރުން ވަކި ވަކި ފެކަލްޓީތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ވަކި އޮރިއެންޓޭޝަންތަކެއް ބާއްވާނެއެވެ.






