ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ގޮފިތަކުގެ ހިންގާ ކޮމިޓީތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
މި ދައުރުގެ ގޮފިތަކުގެ ހިންގާ ކޮމިޓީތަކަށް ކުރިމަތިލުމަށް ހުޅުވާލީ ފެބުރުވަރީ 8 ވީ ބުދަދުވަހު ކަމަށްވާއިރު، މާލޭ ކެމްޕަސް ގޮފިތަކުގެ ހިންގާ ކޮމިޓީތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ ފެބުރުވަރީ 14 ވާ އަންގާރަދުވަހުގެ މެންދުރުފަހު 02:00 އަށެވެ. އަދި އަތޮޅުތެރޭ ކެމްޕަސްތަކުގެ ހިންގާކޮމިޓީތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ ފެބުރުވަރީ 26 ވާ އާދީއްތަދުވަހުގެ މެންދުރުފަހު 02:00 އަށެވެ.
ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގައި ހިމެނެނީ 6 މަޤާމެކެވެ. އެއީ:
- ރައީސް
- ނައިބު ރައީސް (ޢިލްމީ)
- ނައިބު ރައީސް (އިތުރު ހަރަކާތް)
- ޚަޒާންދާރު
- ސެކްރެޓަރީ
- މީޑިއާ ކޯޑިނޭޓަރ
މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު މި ވެބްސައިޓުގެ ޑައުންލޯޑްސް ޕޭޖުން އަދި އެމް.އެން.ޔޫ.އެސް.ޔޫ އޮފީހުން ލިބެން ހުންނާނެއެވެ. ފޯމު ފުރުމަށްފަހު ހުށަހަޅާނީ އެމް.އެން.ޔޫ.އެސް.ޔޫ އޮފީހަށެވެ. ނުވަތަ ޔޫނިއަންގެ ރަސްމީ އީމެއިލް (studentunion@mnu.edu.mv) އަށް މެއިލް ކުރެވިދާނެއެވެ.
ދަރިވަރުންގެ ޔޫނިއަންގައި ޖުމްލަ 14 ގޮތްޕެއް ހަރަކާތްތެރިވެއެވެ. އޭގެ ތެރެއިން 10 ގޮފި ހަރަކާތްތެރިވަނީ މާލޭ ކެމްޕަހުގައެވެ. އަދި ބާކީ 4 ގޮފި ހަރަކާތްތެރިވަނީ އަތޮޅުތެރޭ ކެމްޕަސްތަކުގައެވެ.






