ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޤައުމީ ބަހުސް މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބު އަތުން މޮޅުވެ، މުބާރާތުގެ ފައިނަލަށް އެމް.އެން.ޔޫ.އެސް.ޔޫ ދަތުރުކޮށްފިއެވެ.
ހޯމަ ދުވަހުގެރޭ ކިންގް ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ މި ބަހުސްގެ މައުޟޫއަކަށް އޮތީ ”ޞުލްޙަ ޤާއިމުކުރެވޭނީ ވާހަކަ ދައްކައިގެންނެވެ./ބާރުގެ ބޭނުންކޮށްގެންނެވެ.“ އެވެ. މި ބަހުސްގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ވަކާލާތު ކުރީ ”ޞުލްޙަ ޤާއިމު ކުރެވޭނީ ވާހަކަ ދައްކައިގެން“ ކަމަށެވެ.
މި ބަހުސް ޔޫނިއަން އިން ކާމިޔާބު ކުރީ ޖުމްލަ 1052.5 ޕޮއިންޓު ހޯދައިގެންނެވެ. ދިވެހި ސިފައިންގެ ކްލަބަށް ލިބުނީ 1034.5 ޕޮއިންޓެވެ. މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވުނީ އެމް.އެން.ޔޫ.އެސް.ޔޫގެ އިސްމާޢީލް ރަޒީން ޢިމްރާނެވެ.
މި މޮޅާއެކު އެމް.އެން.ޔޫ.އެސް.ޔޫ ފައިނަލަށް ދަތުރުކުރިއިރު، ފައިނަލުގައި ވާދަކުރަން ޖެހޭނީ އެންޓި ކޮރަޕްޝަން ރިކްރިއޭޝަން ކްލަބާއެވެ. ފައިނަލް ބަހުސް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެޔެވެ.
މި މުބާރާތަކީ އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ހިމެނޭ އޮފީސް/ކްލަބް/ޖަމިއްޔާ/ޖަމާއަތްތަކުގެ ބަހުސް ކެޓަގަރީއެވެ.ދިވެހިބަހުގެ އެކަޑަމީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޤައުމީ ބަހުސް މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބު އަތުން މޮޅުވެ، މުބާރާތުގެ ފައިނަލަށް އެމް.އެން.ޔޫ.އެސް.ޔޫ ދަތުރުކޮށްފިއެވެ.
ހޯމަ ދުވަހުގެރޭ ކިންގް ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ މި ބަހުސްގެ މައުޟޫއަކަށް އޮތީ ”ޞުލްޙަ ޤާއިމުކުރެވޭނީ ވާހަކަ ދައްކައިގެންނެވެ./ބާރުގެ ބޭނުންކޮށްގެންނެވެ.“ އެވެ. މި ބަހުސްގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ވަކާލާތު ކުރީ ”ޞުލްޙަ ޤާއިމު ކުރެވޭނީ ވާހަކަ ދައްކައިގެން“ ކަމަށެވެ. މި ބަހުސްގައި އެމް.އެން.ޔޫ.އެސް.ޔޫގެ ޓީމުގައި ހިމެނުނީ އިސްމާޢީލް ރަޒީން ޢިމްރާން، އާމިނަތު ނަޞޫހާ އަދި މުޙައްމަދު އައިޝް އެވެ.
މި ބަހުސް ޔޫނިއަން އިން ކާމިޔާބު ކުރީ ޖުމްލަ 1052.5 ޕޮއިންޓު ހޯދައިގެންނެވެ. ދިވެހި ސިފައިންގެ ކްލަބަށް ލިބުނީ 1034.5 ޕޮއިންޓެވެ. މި ބަހުސްގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވުނީ އެމް.އެން.ޔޫ.އެސް.ޔޫގެ އިސްމާޢީލް ރަޒީން ޢިމްރާނެވެ.
މި މޮޅާއެކު އެމް.އެން.ޔޫ.އެސް.ޔޫ ފައިނަލަށް ދަތުރުކުރިއިރު، ފައިނަލުގައި ވާދަކުރަން ޖެހޭނީ އެންޓި ކޮރަޕްޝަން ރިކްރިއޭޝަން ކްލަބާއެވެ. ފައިނަލް ބަހުސް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރެޔެވެ.
މި މުބާރާތަކީ އަލްއުސްތާޛް އިބްރާހީމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ހިމެނޭ އޮފީސް/ކްލަބް/ޖަމިއްޔާ/ޖަމާއަތްތަކުގެ ބަހުސް ކެޓަގަރީއެވެ.






