ފެކަލްޓީ އޮފް ހެލްތް ސައިންސަސް (އެފް.އެޗް.އެސް)ގެ މިއަހަރުގެ ފުރަތަމަ ސެމިސްޓާއަށް އަލަށް ގުޅުނު ދަރިވަރުންނަށް އޮރިއެންޓޭޝަން ބާއްވައިފިއެވެ.
9 ފެބްރުއަރީ ވީ ބުރާސްފަތި ދުވަހު އެފް.އެޗް.އެސް ހޯލް ގައި ބޭއްވި މި އޮރިއެންޓޭޝަންގައި، އެފް.އެޗް.އެސްގެ ޑީން ޑރ. އައިޝަތު ޝަނޫރާ އާއި ލެކްޗަރާއިންގެ އިތުރުން ހީލާރސްގެ ހިންގާ ކޮމެޓީގެ މެމްބަރުން ވަނީ ބައިވެރިވެފައެވެ. އަދި ހަމަ އޭގެ އިތުރުން މިސެމިސްޓާއަށް އަލަށް ގުޅުނު ގިނަ ދަރިވަރުން ވަނީ މި އޮރިއެންޓޭޝަންގައި ބައިވެރިވެފައެވެ. މި އޮރިއެންޓޭޝަންގައި އެފް.އެޗް.އެސްގެ އެކި ޑިޕާރޓްމަންޓުތަކުގެ ތައާރަފަކަށް ފަހު، ހީލާރސް އަށް ވަނީ ސްޓޫޑަންޓް ޔޫނިއަން އަދި ހީލާރސްގެ ކުޑަ ތައާރަފެއް ދޭނެ ފުރުސަތެއް ވެސް ލިބިފައެވެ.
މިފުރުސަތުގައި ހީލާރސްގެ ފަރާތުން ވަނީ މީގެ ކުރިން ހީލާރސް އިން ކުރިއަށްގެންދިޔަ ބައެއް ހަރަކާތްތަކާއި ކުރިއަށް ރޭވިފައި ހުރި ހަރަކާތްތަކަށް އަލިއަޅުވާލާފައެވެ. އަދި ހީލަރސް އިން އެންމެ އަވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ ”ވެލްކަމް ނައިޓަށް“ ހުރިހާ ދަރިވަރުންނަށް ހީލާރސްގެ ފަރާތުން ދައުވަތު އެރުވިއެވެ.
އެފް.އެޗް.އެސްގެ އޮރިއެންޓޭޝަނަކީ އަބަދުވެސް ހީލާރސްގެ ފަރާތުން ބައިވެރިވަމުން އަންނަ ހަރަކާތެކެވެ.





