ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ގޮފިތަކުގެ ހިންގާ ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ ޢާންމު އިންތިޚާބުގެ ތަރަހަ ގޮފީގެ ރައީސާކަމަށް އިރަމް އަދި ނައިބު ރައީސާ (އިތުރު ހަރަކާތް)ގެ މަޤާމަށް ޖަފްނާ ހޮވިއްޖެއެވެ.
މާރިޗު 01 ވީ ބުދަދުވަހު ބޭއްވުނު އިންތިޚާބުގައި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ޔޫނިއަން ގޮފި، ތަރަހައިގެ ރައީސާ އަދި ނައިބު ރައީސާ (އިތުރު ހަރަކާތް) މަޤާމުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އާމިނަތު އިރަމް ސަލީމް އަށް ޖުމްލަ 71 ވޯޓު ވަނީ ލިބިފައެވެ. ރައީސްކަމުގެ މަޤާމަށް ދެން ކުރިމަތިލި މަރްޔަމް ޞައުލާ ވަހީދަށް ލިބުނީ 19 ވޯޓެވެ.
އަދި ނައިބު ރައީސް (އިތުރު ހަރަކާތް)ގެ މަޤާމަށް ހޮވުނު ޖަފްނާ ޢީސާ އަށް 68 ވޯޓު ލިބުނުއިރު، މަރްޔަމް ޚާޝިޔާ ވަނީ 16 ވޯޓު ހާސިލުކޮށްފައެވެ. އަދި ފާޠިމަތު ނައުޝީން އަށް ލިބުނީ 4 ވޯޓެވެ.
ދަރިވަރުންގެ ޔޫނިއަންގައި ޖުމްލަ 14 ގޮތްޕެއް ހަރަކާތްތެރިވެއެވެ. އޭގެ ތެރެއިން 10 ގޮފި ހަރަކާތްތެރިވަނީ މާލޭ ކެމްޕަހުގައެވެ. އަދި ބާކީ 4 ގޮފި ހަރަކާތްތެރިވަނީ އަތޮޅުތެރޭ ކެމްޕަސްތަކުގައެވެ.






