ހީލަރސް އިން ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީންއާ ބައްދަލުކޮށްފިއެވެ.
06 މާރިޗް ވީ ހޯމަ ދުވަހު އެފް.އެޗް.އެސް މީޓިން ރޫމްގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި ހީލާރސްގެ ފަރާތުން ވަނީ މިއަހަރު ކުރިއަށް ގެންދިއުމަށް ރޭވިފައި ހުރި ހަރަކާތްތައް ޑީން އާ ވަނީ ހިއްސާކޮށްފައެވެ. މީގެ އިތުރުން ފެކަލްޓީގައި ބާއްވާ ހަރަކާތްތަކުގައި ދަރިވަރުންގެ ބައިވެރިކަން އިތުރުކުރުމަށް ކުރެވޭނެ ކަންކަމާމެދުވެސް ވަނީ މަޝްވަރާކުރެވިފައެވެ.
ހީލާސްގެ ރައީސާ، އީނާސް ޔޫސުފް ވަނީ މިއަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަކީ އެހެން އަހަރުތަކާ ހިލާފަށް، އެކި ކުދިންނާއި ގުޅޭ، ގިނަ ކުދިންގެ ހުނަރު ދައްކުވައިދޭނެ ފަދަ ހަރަކާތްތަކެއް ކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި ހަމަ އެހެންމެ ހެލްތު ސައިންސާއި ގުޅޭ ހުރިހާ ދުވަހެއް ކުލަ ގަދަކޮށް ފާހަގަ ކުރައްވާނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ހަމަ އެއާއެކު މިއަހަރުގެ ”ހީލާސް ބޮޑު މާހެފުން“ ކުރިޔަށް ގެންދާނޭ ގޮތަކާމެދުވެސް ވަނީ މަޝްވަރާކުރެވިފައެވެ. މި މަޝްވަރާގައި ޑީންގެ ހިޔާލުފުޅުގެ މައްޗަށް، މިއަހަރު ހީލާސްގެ މާހެފުން އެފް.އެޗް.އެސްގައި މަސައްކަތް ކުރައްވަމުންދާ ހުރިހާ މުވައްޒަފުންނާއި، ދަރިވަރުން އެކުވެގެން ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މިހާރު ދަރިވަރުންގެ ފަރާތުން ހުށަހެޅިފައިހުރި އެކިއެކި ޝަކުވާތައް ޑީންއާ ހިއްސާކުރެވި މިފަދަ ކަންކަން ރަނގަޅުކުރުމަށް ދަރިވަރުންގެ ޚިޔާލުތައް ހިންގާކޮމެޓީގެ މެންބަރުންގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.
ފާއިތުވި އަހަރުތަކުގައިވެސް ހީލާރސްގެ ފަރާތުން ކުރިއަށްގެންދެވުނު ހަރަކާތްތަކުގައި އެފް.އެޗް.އެސްގެ މެނޭޖްމެންޓާއި ޑީންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުން ފާހަގަކޮށްލަންޖެހެއެވެ. ޚާއްސަގޮތެއްގައި ހީލާރސްއާ ދެމެދު ޑީން ބާއްވާ ގާތްކަން އުފަލާއެކު ފާހަގަކުރަމެވެ.





